logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަލް އިއްތިޙާދުގެ ކޯޗަކަށް އޭސީމިލާނުގެ ކުރީގެ ކޯޗު ހަމަޖައްސަނީ

އަބްދުﷲ ޣާނިމް
3 އޮކްޓޯބަރު 2025 - 06:29
އަލް އިއްތިޙާދުގެ ކޯޗަކަށް އޭސީމިލާނުގެ ކުރީގެ ކޯޗު ހަމަޖައްސަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގެ ޑިފެންޑިންގ ޗެންޕިއަން އަލް އިއްތިހާދުގެ އައު ހެޑް ކޯޗަކަށް ޕޯޗުގީޒް ކޯޗު ސާޖިއޯ ކޮންސެއިސާއޯ ގެނައުމަށް އެ ކްލަބުން އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.

އެގޮތުން މިހާރު ދެ ފަރާތުގެ މަޝްވަރާތައް ވަނީ ފަހު މަރުހަލާގައެވެ. އަދި ހަމައެކަނި ނިންމަން ޖެހިފައިވަނީ އެއްބަސްވުމުގެ މުއްދަތެވެ. އެގޮތުން މި އެއްބަސްވުން ދެ އަހަރު ދުވަހުގެ މުއްދަތަށް ވެވޭނެ ކަމަށް ލަފާކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕޯޓޯގައި ކާމިޔާބު ހަތް އަހަރެއް ހޭދަކުރުމަށްފަހު މިދިޔަ އަހަރު އޭސީ މިލާނުގެ ކޯޗުކަމާއި ހަވާލުވި ކޮންސެއިސާއޯ ވަނީ މިއަހަރުގައި ކޯޗުކަމުން ވަކިކޮށްފައެވެ. އަލް އިއްތިހާދުން ކޮންސެއިސާއޯ ހޮވާފައިވަނީ މި ސީޒަންގައި ސައުދީ ލީގާއި އޭޝިއަން ޗެމްޕިއަންސް ލީގުގައި ކްލަބަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެންމެ އެކަށީގެންވާ ކޯޗެއްގެ ގޮތުގައެވެ.

ދެ ފަރާތުގެ މެދުގައި ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް އިއްތިޙާދުގެ ކޯޗަކަށް އޭސީމިލާނުގެ ކުރީގެ ކޯޗު ހަމަޖައްސަނީކުޅިވަރު | 15 ދުވަސް ކުރިންރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 2 މަސް ކުރިން