logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެ

އަބްދުﷲ ޣާނިމް
23 އޯގަސްޓު 2025 - 06:22
ސަޢުދީ ޕްރޯ ލީގުގެ އެންމެ ބޮޑު ހަތަރު ކުލަބެއް ވިއްކާލަން ވަނީ ނިންމާފައި
ސަޢުދީ ޕްރޯ ލީގުގެ އެންމެ ބޮޑު ހަތަރު ކުލަބެއް ވިއްކާލަން ވަނީ ނިންމާފައި

ސަޢޫދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން 2023 ވަނަ އަހަރުގައި ގަތް އެ ގައުމުގެ އެންމެ ބޮޑެތި ހަތަރު ކުލަބް ވިއްކާލަން ނިންމައިފިއެވެ. މީގެ ތެރޭގައި ޕޯޗުގީޒް ސުޕަރ ސްޓަރ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އަލް-ނަސްރުވެސް ހިމެނެއެވެ.

ސަޢޫދީ ނޫސްވެރިއެއް ކަމަށްވާ އަހްމަދް އަލް-އަޖްލާން ހާމަކުރި ގޮތުގައި، އަލް-ނަސްރާއި، އަލް-އިއްތިހާދު، އަލް-އަހްލީ އަދި އަލް-ހިލާލް ވިއްކާލުމަށް ވަނީ ނިންމާފައެވެ. މި ކުލަބްތަކުގެ 75 އިންސައްތަ ހިއްސާ މިވަގުތު އޮތީ ދުނިޔޭގެ އެންމެ ބޮޑު އެއް ސްޕޯރޓްސް އިންވެސްޓްމަންޓް ފަންޑުކަމަށްވާ ސަޢޫދީ ސަރުކާރުގެ ޕީއައިއެފްގެ ދަށުގައެވެ. އަދި 25 އިންސައްތަ ހިއްސާ އޮތީ ސަޢޫދީ ސްޕޯޓްސް މިނިސްޓްރީގެ ދަށުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކުލަބްތައް ޕީއައިއެފްގެ ދަށަށް ގެނައުމަށްފަހު، ރޮނާލްޑޯ، ނެއިމާ އަދި ކަރީމް ބެންޒެމާ ފަދަ ބޮޑެތި ތަރިން ސަޢޫދީ ޕްރޯ ލީގަށް ގެނެވުނެވެ. އެހެންނަމަވެސް މިހާރު ވަނީ ސަޢޫދީ ފުޓްބޯޅައިގެ ސްޓްރެޓެޖީއަށް ބޮޑު ބަދަލުތަކެއް ގެންނަން ނިންމާފައެވެ.

އަލް-ހިލާލް ގަތުމަށް މިހާރުވެސް ވަނީ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ ތެރޭގައި ސަޢޫދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އެންމެ ކުރީ ސަފުގައި ހިމެނެއެވެ. އޭނާއަކީ އަލް-ހިލާލްގެ ދިގު މުއްދަތުގެ ސަޕޯޓަރެކެވެ. ނޭމާ އަލް ހިލާލް އަށް ސޮއިކުރުމުގައި ނޭމާ ބަލާ ދިޔައީވެސް އަލް ވަލީދު ފޮނުވި ޕްރައިވެޓް ޖެޓެއްގައެވެ.

މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ސަޢޫދީ އަރަބިއްޔާގެ ވިޝަން 2030 ގެ ދަށުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި ކުލަބްތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ވާދަވެރިމަކާއެކު ހުރިހާ ޓީމުތަކަށް ހަމަހަމަ ކަމާއެކު ލީގުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށްކަމަށް ޕީއައިއެފް އިން ބުނެއެވެ.

މި އަހަރުގެ ކުރީކޮޅު ރޮނާލްޑޯ ވަނީ 492 މިލިއަން ޕައުންޑުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް މިހާރު މި ގެނެވޭ ބަދަލުތަކާއެކު، ސަޢޫދީ ފުޓްބޯޅައިގެ މުސްތަގުބަލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ކުރިން ޚަރަދުކުރާގޮތަށް ކުޅުންތެރިން ގަތުމަށް މިލިޔަނުން މިލިޔަނުން ޚަރަދުކުރި ކުރުމަށް ބަދަލު އަންނާނެކަމަށް ބެލެވެއެވެ.
މީގެކުރިން 2022/23 ވަނަ ސީޒަނުގައި އެކަނިވެސް ސަޢޫދީގެ ކުލަބުތަކުން 700 މިލިޔަނަށްވުރެ އަދަދެއް ޚަރަދުކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް އިއްތިޙާދުގެ ކޯޗަކަށް އޭސީމިލާނުގެ ކުރީގެ ކޯޗު ހަމަޖައްސަނީކުޅިވަރު | 18 ދުވަސް ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 24 ދުވަސް ކުރިންރޮނާލްޑޯ އެކަނި ޖަމަލެއް އުފުލާލުމަކީ އުނދަގޫކަމެއް: ނަޞްރު އަނެއްކާވެސް އަނެއް ފައިނަލުން ބަލިކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 2 މަސް ކުރިން