logo
Bank of Maldives

Bank of Maldives

ރިޕޯޓް

އެމްޑީޕީގެ ހީލަތްތެރި ދަންތުރައެއް، ޤާނޫތައް މުގުރަން ރައްޔިތުން ފުރުސަތު ނުދޭނެ!

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2025 - 10:08
އެމްޑީޕީގެ ހީލަތްތެރި ދަންތުރައެއް، ޤާނޫތައް މުގުރަން ރައްޔިތުން ފުރުސަތު ނުދޭނެ!

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ކިޔަމަންގަނެ ބޯ ލެނބުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށްވެސް ލާޒިމްވެގެންވާ ކަމެއްކަމުގައިވީހިނދު، އެ ޤާނޫނުއަސާސީގެ ދަށުން ހަދައި ހިންގަމުން އަންނަ ޤާނޫނުތަކާއި އަދި އެ ޤާނޫނުތަކުގެ ދަށުން ހަދައި ހިންގާ ޤަވާޢިދުތަކަށް ވެސް ކޮންމެ ދިވެއްސަކުމެ ބޯލަނބައި ކިޔަމަންގަތުމަކީ ލާޒިމް ކަމެކެވެ.

ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ކޮންމެ ޤާނޫނަކީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބުނާ ސިފަ ފުރިހަމަވާ ޤާނޫނަކަށްވާންޖެހެއެވެ. އެހެންކަމުން މިހާރު ވުޖޫދުވެ ޢަމަލުކުރަމުން އަންނަ ކޮންމެ ޤާނަކީ ޤާނޫނުއަސާސީ ތަރަހައިގެ ތެރޭގައި ހަދައި ތަންފީޒު ކުރަމުން އަންނަ ޤާނޫނެކެވެ. ޤާނޫނުއަސާސީ 271 ވަނަ މާއްދާގައި ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކަށް ލިބިދޭ ޤާނޫނީބާރުގެ ހަމަވެސް އޮތީ އަޅައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހަމައިން ނަޒަރުކުރާއިރު، ''ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު''އަކީ ވެސް ވަކި ކުލަޔަކަށްވުމުން ނުވަތަ ވަކި ފިކުރަކަށްވުމުން އެ ޤާނޫނުގެ އެއްވެސް މާއްދާއެއް އެ ބައެއްގެ މައްޗަށް ނުހިނގާނެ ޤާނޫނެއްނޫނެވެ. އަދި ''ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު'' ވެސް ހަމަ އެފަދައެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ''ތަފާތުނުކުރުމާއި'' އަދި 20 ވަނަ މާއްދާގައި ބުނާ ''ހަމަހަމަ''ކަމަކީ އެންމެހާ ދިވެހިރައްޔިތުންގެ އެއްގޮތަކަށް އެއްމިނަކަށް ލިބިދެވޭ ޙައްޤުތަކެކެވެ. ހަޅުތާލުމާއި އެއްވެ އުޅުމުގެ ޙައްޤަކީ ދިވެހިޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކެވެ. މި ޙައްޤުތައް ބޭނުންކުރުމުގެ މިން ކަނޑައަޅައިދީފައި ވަނީ އިސްވެ ބަޔާންކުރެވުނުގޮތަށް ޤާނޫނުއަސާސީގެ ދަށުން ހަދާފައިވާ ޤާނޫނުތަކުގައެވެ.

މި ބައިވެރިވެވެނީ ޓެރަރިޒަމްގެ ޢަމަލެއްގައިތަ؟

މާޒީއަށް ބަލާއިރު މިފަދަ އެއްވުންތަކުގައި ޤާނޫނާއި ޚިލާފްވި ގިނަ މީހުންގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލިފައިވާ އެއް ޤާނޫނަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ''ޓެރަރިޒަމް'' މާނަކޮށްފައިވާ ގޮތްތަކުގެ ތެރޭގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރެއް ކުރިއެރުވުން ހިމެނެއެވެ. އަދި މި މާނާގައި ޓެރެރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބަލާނެ ކަންކަމުގެ ތެރޭގައި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން ނުވަތަ  މުދަލަށް ބޮޑެތި ގެއްލުން ދިނުން ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން އަދި މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން ހިމެނެއެވެ. މި ޤާނޫނުގައި ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނާ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަކީ ކުށެއްކަމުގައި ވީހިނދު، މި ޤާނޫނުގައި ބުނާ  ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. މި ޤާނޫނުގައި ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައިވާ ކަމެއް ކުރުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މި ޤާނޫނުގައި ޓެރަރިޒަމްގެ ގޮތުގައި ކަމެއް ކުރަން އުޅުމުގެ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމުގެ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ވިސްނާލާށެވެ! ސިޔާސީ އެއްވުމަކަށް ނުކުންނައިރު، ސިޔާސީ ބޮޑުންގެ ސިއްރު އެޖެންޑާ ނޭނގުމާއެކު، މިއިން ކުށެއްގައި ތިމާ ބެދޭނެ ހާލަތު އެ އެއްވުމުން އުފަންވުމަކީ ނުހަނު ގާތުގައި އޮވެދާނެކަމެކެވެ. ތިމާގެ އެތަނަށް ދިޔައީ އެހެން މަގްސަދެއްގައި ނަމަވެސް ކަންހިނގާދާގޮތުގައި ތިމާގެ ބައިވެރިވުން އެ ދެވުނީ ޓެރެރިޒަމްގެ ޢަމަލެއް ހިންގުމަށް ނުވަތަ ޓެރަރިޒަމް ޢަމަލަކަށް ހިތްވަރު ދިނުމަށްކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން މިއީ ވިސްނައި ނުލައި ދޫކޮށްލެވޭނެކަމެއްނުމެނޫންމެއެވެ. ތިމާއަށް އަށް ކުރެވޭ ޢަމަލަކުން ތިމާ ކުށަކަށް ހުށަހެޅުމުން އޭގެ ވޭން އުފުލާނީ ޚުދު ތިމާއާއި ތިމާގެ ޢާއިލާ ނޫންހެއްޔެވެ؟

މި ދެވެނީ ސުލްޙަވެރިއެއްވުމަކަށްތަ؟

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގައި އެއްވެއުޅުމުގެ މިނިވަންކަމަށް އިޝާރާތްކުރާ ކޮންމެ ޙާލަތެއްގައި އެ އިޝާރާތްކުރަނީ، ސުލްޙަވެރިކަމާއެކު އެއްވެއުޅުމަށް ކަމުގައި ބަލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ތިމާ ބައިވެރިވާ އެއްވުމަކީ މި ޤާނޫނީ ހަމައިން ނެއްޓިދާނެ އެއްވުމެއްކަމަށް ބެލެވޭ ހާލަތުގައި ނުވަތަ އެއީ މި މާއްދާއާއި ޚިލާފް ވިސްނުމެއްގައި ބާއްވާ އެއްވުމެއްކަމުގައި އެނގިހުންނަ ހާލަތުގައި މިފަދަ އެއްވުމެއްގައި ބައިވެރިވުމުން ސަލާމަތްތެރިކަން ހޯދުމަކީ ތިމާ ޤާނޫނީ ގޮޅިއަކުން ރެކިހުރުމަށް ލިބިދޭނެ ފުރުސަތެކެވެ.

މި ޤާނޫނުގައި ބުނެފައިވާގޮތުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުން ކަމުގައި ބެލެވޭނީ، ނުވަތަ  ވަކިބަޔަކު އެއްވީ ޞުލްޙަވެރިކަމާއެކު ކަމުގައި ބެލެވޭނީ، އެ އެއްވުމެއް އިންތިޒާމުކުރާ ފަރާތުން އެއީ، ޞުލްޙަވެރި މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި އެއްވާ އެއްވުމެއްކަމަށް ބަޔާންކޮށް އަންގާފައިވުމާއެކު، އެ އެއްވުން ކުރިޔަށްދާ ދަނޑިވަޅުގައި، އެ އެއްވުމަކީ އަނިޔާވެރި ޢަމަލެއް ނުހިނގާ އެއްވުމެއް ކަމުގައިވާނަމަ، ނުވަތަ އަނިޔާވެރި ޢަމަލަށް ހިތްވަރު ލިބިދޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ޙަރަކާތްތައް ހިމެނިގެންނުވާ އެއްވުމެއް ކަމުގައިވާނަމައެވެ. އަދި މިފަދަ އެއްވުމެއްގައި ޤާނޫނާއި ޚިލާފު އެއްވެސް ޢަމަލެއް ކުރުމާއި އެފަދަ ޢަމަލަކަށް ހިތްވަރު ލިބޭ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ މާރާމާރީ ހިންގުމަށް ނުވަތަ އެއްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް ގެންގުޅެގެން ނުވާނެއެވެ. މި ޤާނޫނުގެ މި މާއްދާގައި ބުނާ ކަންކަމާއި ހާލަތްތައް ތިމާއަށް ސާފުވެ ކަށަވަރުނުވާނަމަ މިފަދަ އެއްވުމެއްގައި ބައިވެރިވުމަކީ ބުއްދިވެރިގޮތެއްނޫނެވެ. ސަބަބަކީ ސިޔާސީ މަގްޞަދެއްގައި ސިޔާސީ ބޮޑުން ރާވާ އެއްވުމެއްގައި ކަންކުރާނެގޮތާއި، ގެންގުޅޭނެ ތަކެތި ޚުދު ތިމާއަށް ވެސްނޭނގޭނެތީއެވެ. އަދި ބަޔަކު ކުރާކުށްތަކެއްގެ ޒިންމާ ތިމާވެސް އުފުލާންޖެހޭ ހާލަތު މެދުވެރިވެދާނެތީއެވެ.

މި ޤާނޫނުގައި އެއްވުމުގެ ބައިވެރިންގެ ޒިންމާގެ ގޮތުގައި ބުނެފައި ވަނީ އެއްވުމުގެ ބައިވެރިއެއްގެގޮތުން ޝުޢޫރު ފާޅުކޮށް، އެއްވުމުގައި ބައިވެރިވާންވާނީ، ސުލްޙަވެރިކަމާއެކުގައި، ޤާނޫނާއި ގަވާއިދުގެ ދާއިރާގެ ތެރޭގައިކަމަށެވެ. އެއްވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކަނޑި، ވަޅި، ހަންޖަރު، ލަކުޑިބުރި، ދަނޑިބުރި، ދަގަނޑުބުރި، މުގުރު، ބްލީޗް، ޕެޓްރޯލް، ކަރާސީނު، ހިކިމިރުސް، ރޯމިރުސް، ތެޅިމިރުސް ނުވަތަ މިރުހުގެ އެއްވެސް ބާވަތެއް، އެސިޑް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެފަދަ އެއްޗެއް، ނުވަތަ ގޮވާ އެއްޗެއް، ނުވަތަ ފުލުހުންގެ އިދާރާއިންނާއި ސަލާމަތީ ބާރުތަކުން ޤާނޫނު ތަންފީޒުކުރުމަށްޓަކައި ނުވަތަ ޢާންމު މަސްލަޙަތު ޤާއިމުކުރުމަށްޓަކައި ބޭނުންކުރާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެކަމަށް މި ޤާނޫނުގައި ސަރީޙަބަހުން ބުނެފަވެއެވެ. މި ޤާނުގެ މި މާއްދާއަށް ވިސްނާލާއިރު، ސިޔާސީ ބަޔަކު ދައްކާ ވާހަކަތަކުގައި ޖެހެވި، ތިމާއަށް މިފަދަ އެއްވުމަކަށް ދާއިރު، އެއީ މި މާއްދާގައި ބުނާ ހާލަތްތައް ނެތް އެއްވުމެއްކަން ޔަގީނުން ކަށަވަރުކުރެވޭނެހެއްޔެވެ؟ ސިޔާސީ ރޭވުމެއްގެ ތެރެއިން ކަންރާވާފައި އޮތްގޮތް ތިމާއަށް ކަށަވަރުކުރެވޭ ހެއްޔެވެ؟ ތިމާ ޤާނޫނީ ކުށަކުން ސަލާމަތްވުމަށް އެންމެ ބުއްދި ވެރިމަގަކަށްވާނީ މިފަދަ އެއްވުމަކަށް ބައިވެރިވުން ނުދީހުރުންތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލުން ރަނގަޅެވެ.

އެއްވުމެއްގެ ތެރޭގައި ވަކިމީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށްވާނަމަ ނުވަތަ ޤާނޫނީގޮތުން ކުރާ ހުއްދަ އަމުރަކާ ތަބާނުވި ކަމުގައިވާނަމަ، އެކަމެއްގެ ޒިންމާ އެމީހަކު ފަރުދީގޮތުން އުފުލަންޖެހޭނެކަމަށް މި ޤާނޫނުގައި ވަރަށް ސާފުކޮށް ބުނެދީފަވެއެވެ. އެހެންކަމުން ތިމާ އެއްވުމަކަށްދާއިރު، އަމިއްލަ ފަރުދީޒިންމާއެއްވެސް އޮންނާނެއެވެ. އެ ޒިންމާ ނުއުފުލިއްޖެނަމަ އެ ވަދެވެނީ ޤާނޫނީ ކުށެއްގެ މެދަށެވެ.

ޤާނޫނާ ޚިލާފުވުމުން ޤާނޫނުއަރައި ހަމަކުރާނެ!

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުވުމުގެ ހުރހުރިހާ އަދަބުތަކެއް އާންމުކޮށް ހިމެނިފައިވަނީ އެ ޤާނޫނުގައި އަދި ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައެވެ. ހަމައެކަނި ސުލްޙަވެރި އެއްވުމެއްގައި ބައިވެރިވުމުގެ ސަބަބުން އޮޓޮމެޓިކުން މީހަކާމެދު ޖިނާއީ ނުވަތަ މަދަނީ ދަޢުވާއެއް ނުކުރެވޭ ނަމަވެސް، އެއްވުމެއްގައި ޣައިރު ޤާނޫނީ ޙަރަކާތްތައް ހިންގުމަކީ ނުވަތަ އެފަދަ ޢަމަލެއް ކުރުމަކީ ޤާނޫނުލްޢުޤޫބާތާއި އެހެނިހެން ކަމާގުޅޭ ޤާނޫނުތަކުގެ ދަށުން ދަޢުވާ އުފުލޭނެ ކަމެކެވެ.

ޤާނޫނުލްއުޤޫބާތަށްބަލާއިރު އެމީހަކު އާންމު މަސްލަހަތަށް ގެއްލުން ދިނުންކަމަށް ބެލެވޭނެ ހާލަތްތަކުގެ ގޮތުގައި ބުނެފައި ވަނީ، މާރާމާރީއާއި، ތަޅާފޮޅުމާއި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމާއި، ނުވަތަ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމާއި، ނުވަތަ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމާއި ނުވަތަ ޢާންމު ތަނެއްގައި ނުވަތަ ތަންތަނުގައި، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމާއި ނުވަތަ ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމާއި ނުވަތަ ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުމެވެ. މިއިން ކުށެއް ކޮށްފި މީހަކު އެ ކުރަނީ ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމަށް ޤާނޫނުލްއުގޫބާތުގައި ބުނެފަވެއެވެ. މިދަރަޖައިގެ އެންމެ މަތީ އަދަބުގެ މިންވަރަކީ 3 މަހަށް ޖަލަށްލުމެވެ.

މާޒީއަށް ބަލާއިރު މިފަދަ އެއްވުންތަކުގައި ހިނގާފައިވާ އެއްކަމަކީ، ޤާނޫނީގޮތުން ލިބިދިން ހުދޫދުގެތެރެއިން އެއްވެ އުޅުމަށް ދެވިފައިވާ ސަރަޙައްދުންބޭރުވެ ނުވަތަ އެ ސަރަޙައްދުގައި ވެސް ސަލާމަތާއި އަމަން ބަލަހައްޓާ ޤާނޫނީގޮތުން އެކަން މަތިކުރެވިފައިވާ މުވައްޒަފުންނާއި ކުރިމަތިލައި ނުވަތަ އެފަދަ މުވައްޒަފުން ޒިންމާ އަދާކުރަން ހުރަސްއެޅުމެވެ. މި ހާލަތުގައި ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ޤަޞްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއްކަމުގައި ބެލެވޭނެއެވެ. މިއިން ކުށެއް ކޮށްފި މީހަކު އެ ކުރަނީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށް ޤާނޫނުލްއުގޫބާތުގައި ބުނެފަވެއެވެ. މިދަރަޖައިގެ އެންމެ މަތީ އަދަބުގެ މިންވަރަކީ 1 އަހަރަށް ޖަލަށްލުމެވެ.

3 އޮކްޓޯބަރުގެ އެއްވުމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއްވޭތަ؟

3 އޮކްޓޯބަރުގައި މާލޭގައި ބާއްވަން ނިންމާފައިވާ ސިޔާސީ ހަރަކާތަކީ އިދިކޮޅު އެމްޑީޕީން ރާވާ ހިންގާ ހަރަކާތެކެވެ. މި ހަރަކާތާއި ގުޅޭގޮތުން އިވެމުންދާ ސީރިއަސް ވާހަކަތަކުގެ ތެދުކަމަށް ބުރަދަން ލިބުނީ 1 އޮކްޓޯބަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ހިމެނޭ ވާހަކަތަކުންނެވެ.

''ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން (އެމްޑީޕީން 3 އޮކްޓޯބަރުގައި ބާއްވާ ހިނގާލުން) ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި މި ޚިދުމަތުން ދެކެމެވެ.'' ފުލުހުންގެ ބަޔާނުގައި ބުނެފަވެއެވެ.

އެއްވުމަކަށް ދާ މީހަކު ޤާނޫނީގޮތުން ބަނދެވި، ބޮޑުތި އަދަބުތަކާއި ކުރިމަތިވާނެ ހާލަތުތައް އިސްވެ ވަނީ ބަޔާންކުރެވިފައެވެ. ފުލުހުން އާންމުކުރި މި މައުލޫމާތުގެ އަލީގައި މި އެއްވުމުގައި ބައިވެރިވާ މީހުން ބަނދެވިދާނެ ޤާނޫނީ ސަބަބު ވަރަށް ސާފުކޮށް ފެނެއެވެ. މި އެއްވުމުގައި ރާވާފައިމިވާ ކަންކަން ޓެރެރިޒަމްގެ ކުށްތަކުގެ ތެރެއަށް ވަދެގެންދެއެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފް ކަންކަމުގެ ތެރެއަށް މިކަންކަން ވަދެގެންދެއެވެ. މިކަންކަމުން އުފަންވާ ނަތީޖާއިން ޤާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސްއެޅުމުގެ ޕްލޭން ވެސް ސާފުކޮށް ފެނެއެވެ. އެވެސް ޤާނޫނީ ކުށެކެވެ. ބެދޭ މަޅިއެއް ނުފެންނާނެކަމަށް ބުނެ އުޅުމަކީ ދިވެހި ހަރުބަހެކެވެ. އެކަމަކު މިފަހަރު މިއޮތީ އެމަޅި ފެންނާށެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

 

                   

 

                     

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދުޚަބަރު | 4 ދުވަސް ކުރިންއެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 14 ދުވަސް ކުރިންޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރުޚަބަރު | 14 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 14 ދުވަސް ކުރިން