logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަޝްފޯޑު ހިމަނައިގެން އިނގިރޭސި ސްކޮޑް އެކުލަވާލައިފި، ބެލިންގްހަމް އަށް ޖާގައެއް ނެތް

އަބްދުﷲ ޣާނިމް
3 އޮކްޓޯބަރު 2025 - 11:46
ރަޝްފޯޑު ހިމަނައިގެން އިނގިރޭސި ސްކޮޑް އެކުލަވާލައިފި، ބެލިންގްހަމް އަށް ޖާގައެއް ނެތް

އިނގިރޭސި ޤައުމީ ޓީމުގެ ސްކޮޑު އިއުލާނު ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ފޯވަޑް މާކަސް ރަޝްފޯޑެވެ. މި ސީޒަންގައި ނުވަ މެޗުން ދެ ލަނޑާއި ފަސް އެސިސްޓް ހަދައި، ފާހަގަކޮށްލެވޭ ފޯމެއްގައި މިހާރުހުރި ރަޝްފޯޑް އަލުން ސްކޮޑަށް ގެނައުމަށް ކޯޗު ތޯމަސް ޓުޗެލް ވަނީ ނިންމާފައެވެ.

ބާސެލޯނާއާ ގުޅުމުގެ ކުރިން އެންމެ ފަހުން އިނގިރޭސި ޓީމަށް ކުޅުނީ 2024 ގެ މާރޗް މަހުގައެވެ. އޭގެ ފަހުން އޭނާ ޔޫރޯ 2024 ގެ ސްކޮޑުންވެސް ބޭރުކޮށްލާފައިވެއެވެ. ނަމަވެސް، ބައެއް މީހުންނަށް އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރ ނިމުނީ ކަމަށް ފެނުނު ނަމަވެސް، މިހާރު އޭނާއަށް ދެވަނަ ފުރުސަތެއް ލިބިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޭނާ ބާސެލޯނާގައި ތަފާތު ގެނެސްދެމުން އެބަދޭ. މެޗުތަކުގެ ނަތީޖާ ބަދަލުކޮށްލެވޭ ބާވަތުގެ ކުޅުންތެރިއެއް އޭނާއަކީ،" މިހެން ވިދާޅުވީ ވޭލްސް އަދި ލެޓްވިއާ އާ ދެކޮޅަށް ކުޅޭނެ މެޗުތަކަށް ސްކޮޑު އިއުލާނު ކުރެއްވިއިރު ކޯޗު ޓުހެލްއެވެ.

ލަނޑު ޖެހުމާއި އެސިސްޓް ދިނުމުގެ އިތުރުން، ރަޝްފޯޑްގެ ހަރަކާތްތެރިކަމާއި، ލީޑަރޝިޕް ފާހަގަކޮށްލެވެއެވެ. މި ސިފަތަކަކީ މި ސީޒަންގެ ފެށުމުގައި ބާސެލޯނާގެ މުހިންމު ކުޅުންތެރިއަކަށް ވުމަށް މަގުފަހިކޮށްދިން ކަންތައްތަކެވެ. ކުރިން އިނގިރޭސި ޓީމަށް ކުޅުނުއިރު ދެއްކި އެއްވެސް ހަމައެއްނެތް ކުޅުމާ ޚިލާފަށް، މިހާރު އޭނާގެ ކުޅުމުގައި ފުރިހަމަކަން ހުރިކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އިނގިރޭސި ސްކޮޑުން މިފަހަރު ފާހަގަކޮށޤލެވޭ އަނެއްކަމަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ބެލިންގްހަމް އަށް ޖާގަ ގެއްލުމެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ގިނަ ދުޗަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު މިދިޔަ ހަފްތާބަންދުގައި ކުޅުމުގެ ތެރެއަށް އެނބުރި އައި ބެލިންގްހަމް، ލީގުގައި މިސީޒަނުގައި މިހާތަނަށް 90 މިނެޓުވެސް ކުލެވިފައިނުވެއެވެ. އެހެންކަމުން ފިޓްނެސް މައްސަލަތަކާހުރެ، ޓުޗެލް ނިންމާފައިވަނީ ބެލިންގްހަމް އަށް ރިކަވާކުރަން ފުރުސަތު ދިނުމަށެވެ.

އިނގިރޭސި ވިލާތް މިމަހުގެ 9 ވަނަ ދުވަހުގައި ވޭސްލް އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ނިކުންނައިރު، މިމަހު 14 ގައި ވޯލްޑްކަޕް ކޮލިފިކޭޝަން ގައި ލެޓްވިއާ އާއި ދެކޮޅަށް ނިކުންނާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުވެރިކަމުގެ މެޗެއްގައި އިންގްލަންޑުން ވޭލްސް ބަލިކޮށްފިކުޅިވަރު | މަހެއް ކުރިންރަޝްފޯޑު ހިމަނައިގެން އިނގިރޭސި ސްކޮޑް އެކުލަވާލައިފި، ބެލިންގްހަމް އަށް ޖާގައެއް ނެތްކުޅިވަރު | މަހެއް ކުރިންޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފިކުޅިވަރު | 4 މަސް ކުރިންއެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން