logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލް

އަބްދުﷲ ޣާނިމް
19 ޖުލައި 2026 - 06:46
10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލް

ފޯރިގަދަ ކުޅުމަކަށްފަހު 10 ލަނޑު ފެނިގެން ދިޔަ މެޗު ކާމިޔާބުކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު އިންގްލެންޑުން ކަށަވަރުކޮށްފިއެވެ. ތިންވަނަ ހޮވުމަށް ފްރާންސާއި އިންގްލެންޑް ބައްދަލުކުރި މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ ފްރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ހަތަރު ލަނޑު ޖަހައި ފްރާންސް ސިއްސުވާލާފައެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އާއި ބެލިންގހަމް ނުލައި ކުޅެން ނިކުމެ، އިންގްލެންޑުން ވަނީ ތިންވަނަ މިނިޓްގައި ލީޑު ނަގާފައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރައިސްއެވެ. އޭގެ ފަހުން 18 ވަނަ މިނިޓްގައި ރައިސް ނެގި ކޯނަރަކުން އެޒްރީ ކޮންސާ ވަނީ ބޮލުން ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ހެޓްރިކް ހެދި ބުކާޔޯ ސަކާ ވަނީ 37 ވަނަ މިނިޓާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި، ފުރަތަމަ ހާފު ނިމުނުއިރު ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. މިއީ ވަރލްޑްކަޕް ތާރީޚުގައިވެސް ފްރާންސް ކޮޅަށް އެއް ހާފެއްގައި ތިން ލަނޑަށްވުރެ ގިނަ ލަނޑު ވަން ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފަށައިގެން ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް 26 މިނިޓް ތެރޭގައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ އާއި ބާކޯލާ އެވެ. މީގެ ތެރެއިން އެމްބާޕޭ ޖެހި ދެވަނަ ލަނޑާއެކު އޭނާ ވަނީ ވަރލްޑްކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް 22 ލަނޑާއެކު މުގުރާލާފައެވެ. އަދި ފްރާންސްގެ އޮލީސޭ ވަނީ މި މެޗުގައި ދިން އެސިސްޓްތަކާއެކު މުބާރާތުގައި ޖުމްލަ 7 އެސިސްޓް ހަމަކޮށް، ޕެލޭގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ފްރާންސުން ފަރަގު ކުޑަކުރި ނަމަވެސް، އިންގްލެންޑުން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ސަކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އިންގްލެންޑަށް ފަސްވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ފްރާންސްގެ ޑެމްބެލޭ ލަނޑެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، އިތުރު ވަގުތުގެ 8 ވަނަ މިނިޓްގައި ބެލިންގހަމް ޖެހި ލަނޑާއެކު އިންގްލެންޑުން ވަނީ މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލްކުޅިވަރު | 8 ގަޑިއިރު ކުރިންފްރާންސްގެ ކޯޗުކަމާ ޒިދާން ސެޕްޓެމްބަރު އެކެއްގައި ހަވާލުވަނީކުޅިވަރު | 8 ގަޑިއިރު ކުރިންއަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | 3 ދުވަސް ކުރިންކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަނީކުޅިވަރު | 11 ދުވަސް ކުރިން