logo
Bank of Maldives

Bank of Maldives

ރިޕޯޓް

ދައުރު ނިމުނުއިރު ފިއްކަނޑައިގެންދާވަރުގެ ކޮރަޕްޝަން، ޒިންމާ ކުރުވަންޖެހޭ!

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2025 - 12:09
ދައުރު ނިމުނުއިރު ފިއްކަނޑައިގެންދާވަރުގެ ކޮރަޕްޝަން، ޒިންމާ ކުރުވަންޖެހޭ!

އެމްޑީޕީ ސަރުކާރުގެ މިދިޔަ ދައުރުގައި ދައުލަތުގެ ހިއްސާވާ ގިނަ ކުންފުނިތަކެއް ކޮރަޕްޝަނުގެ ވަޅުގަނޑެއްގައި އޮތްކަން، ފާއިތުވި ފަސް އަހަރުގެ ރިޕޯޓްތަކުން ވަރަށް ސާފުކޮށް ހާމަވެފައިވެއެވެ. މިފަހުން އާންމުވެފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓުންނާއި ބައެއް ކުންފުނިތަކުގެ ބަޔާންތަކުން އެމްޑީޕީން ހިންގި ކޮރަޕްޝަންގެ މިންވަރެއް ފަޅާއެރުމުން ފިތް ކަނޑައިގެންދާހާވެއެވެ.

ފެނަކަ ކޯޕަރޭޝަން

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރެއިން އެއް ކުންފުންޏަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނެވެ. ފެނަކައިގެ ދަރަނި 2023 ވަނަ އަހަރަށް 379 ޕަސެންޓް އިތުރުވެފައިވަނީ، މެނޭޖްމަންޓްގެ ނޭދެވޭ އަމަލުތަކާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކައެވެ. މިގޮތުން ޚިޔާނާތްތެރިވެފައިވާ މިންވަރު 2.2 ބިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ ހަފުތާގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް އެއް މައްސަލައެއްގައި 4 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރުވެސް ފެނަކައާ ގުޅޭ 161 މައްސަލަ ތަހުގީގު ކުރަމުންދާއިރު، 9 މައްސަލައެއް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

އެޗްޑީސީ

ފެނަކައިން އެކަންޏެއް ނޫނެވެ. އެޗްޑީސީން 2019ވަނަ އަހަރުން ފެށިގެން އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ހިދުމަތުން، 200 ވަރަކަށް މިލިޔަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ވަނީ ފެންމަތިވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި އެޗްޑީސީގައި ހިންގާފައިވާ މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވަންކަންކުރުމާއި، ކޯޕަޜޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުމަށް ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ. މީގެ އިތުރުން ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަންވެސް ވަނީ ފަޅާއަރާފައެވެ. އެކުންފުނީގެ މިހާރު މެނޭޖްމަންޓުން ވަނީ މި މައްސަލަތައް ތަހުގީގުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

އެމްޓީސީސީ  

އެމްޓީސީން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ، މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި ކޮޮރަޕްޝަނަށް މަގުފަހިވާގޮތަށް ޚަރަދުކޮށްފައިވާކަން އިންޓަރނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ވަނީ ފާހަގައެވެ. އެގޮތުން، 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުގައި މަހާޖައްރާފު މަރާމާތު ކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

ވެމްކޯ

އެމްޑީޕީގެ ވެރިކަމުގެ ދައުރު ތެރޭގައި ވެމްކޯގައި ވެސް އޮތީ ކޮރަޕްޝަން ހިންގާފައެވެ. އެތެރޭ އޮޑިޓް ރިޕޯޓުތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަން ފާހަގަކުރެވި، މާލިއްޔަތު ގަވާއިދާ ޚިލާފަށްވެސް ކަންކަންކޮށްފައި ހުރިކަން އެތެރޭގެ އޮޑިޓް ރިޕޯޓުތަކުން ވަނީ ފާހަގަވެފައެވެ. މައްސަލަތައް ވެމްކޯއިން އިސްވެ، ފުލުހުންނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނަރަލް އޮފީހަށްމިހާރު ވަނީ ހުށަހަޅާފައެވެ.

ޚިޔާނާތުން ގެއްލުންވީ ޤައުމީ ރައްޔިތުންނަށް

މި ޚިޔާނާތްތަކުން ގެއްލުންވަނީ ޤައުމާއި ރައްޔިތުންނަށެވެ. މައްސަލަތައް ފެންމަތިވެފައިވީނަމަވެސް، ކުރީ ސަރުކާރުގައި މައްސަލަ ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެސީސީގެ އޭރުގެ ރައީސްއަށް މަގާމުން ވަކިވާންޖެހުނީވެސް މިފަދަ ކަންކަމާ ގުޅިގެންނެވެ. މިފަދަ ޚިޔާނާތްތަކުގެ ޒިންމާ ނަގަންޖެހޭނީ އެކަމެއް ހިނގިއިރު ކުންފުނީގެ ހިންގުމާ ހަވާލުވެތިބި ފަރާތްތަކާއި، އަދި އެފަދަ މައްސަލަތައް ނުބަލައި ފިޔަވަޅު ނޭޅިނަމަ، އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ. އެފަދަ ފަރާތްތައް ޒިންމާ ކުރުވައި، ޤާނޫނީ ގޮތުން އަދަބު ދިނުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދުޚަބަރު | 4 ދުވަސް ކުރިންއެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 14 ދުވަސް ކުރިންޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރުޚަބަރު | 14 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 14 ދުވަސް ކުރިން