logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮފްސީ ސިރަޕް ބޭނުންކުރަން ހުއްދަދީފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
29 ސެޕްޓެމްބަރު 2024 - 09:47
ކޮފްސީ ސިރަޕް ގައި މައްސަލައެއް ނެތުމުން އަލުން އެ ބޭހަށް ހުއްދަ ދީފި-- ފޮޓޯ/ އެޑިޝަން
ކޮފްސީ ސިރަޕް ގައި މައްސަލައެއް ނެތުމުން އަލުން އެ ބޭހަށް ހުއްދަ ދީފި-- ފޮޓޯ/ އެޑިޝަން

ކެއްސާތީ ބޭނުންކުރާ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕްގައި މައްސަލައެއް ނެތުމުން އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަލުން ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮފްސީ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން އުވާލީ  ވަގުތީ ގޮތުން އިމްޕޯޓުކުރުމާއި ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފައިވާ އެ ބޭސް މާކެޓުން ލިބެން ހުރި ބެޗުތަކުގެ ސާޕަލްނަގާ އިތުރަށް ޓެސްޓުކޮށްފައެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭހާއި ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެހެންކަމުން މި ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ ހުއްދަ ކަމެއް،" އެމްއެފްޑީއޭ އިން ބުންޏެވެ.

ކޮފްސީ ސިރަޕް ވަގުތީ ގޮތުން މަނާކުރީ މި މަހުގެ 19 ވަނަ ދުވަހު ސިރަޕުން ކުނޑިކޮޅުތަކެއް ހުރި ކަމަށް ފާހަގަވެފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.

އިންޑިއާގެ އެމްއެމްސީ ހެލްތްކެއާ ލިމިޓެޑުން އުފެއްދި ކޮފްސީ ސިރަޕަކީ މިއުކަސް ބޭނުންކޮށްގެން ކެއްސުމަށް ބޭނުންކުރާ ކޮމްބިނޭޝަން ބޭހެއް ކަމަށާއި ނޭފަތުން ފެންއައުން، ކިނބިހި އެޅުން، ރިއްސުން އަދި ލޮލުގައި ފެން އައުން ފަދަ އަލާމާތްތައް ވެސް ލުއިކޮށްދޭ ބޭހެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 15 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން