logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި

އާމިނަތު ޝަފާ
22 ސެޕްޓެމްބަރު 2025 - 07:35
ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި

މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ- އެމްއެފްޑީއޭއިން ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން، މާލެއާއި ވިލިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންގައި އިންސްޕެކްޓް ކުރަމުން ދަނީ، ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް، ކާބޯތަކެތީގެ ޚިދުމަތް ދޭތަންތަނެވެ.

މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި، ގަވާޢިދައި ޚިލާފަށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފްތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައި ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ، ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މިހާތަނަށް މި އޮޕަރޭޝަންގައި 25 ތަނެއް ވަނީ ބަންދުކޮށްފައިކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި ހިނގާ ސެޕްޓެމްބަރ މަހުގެ 21 އިން 25 އަށެވެ. އަދި މި އޮޕަރޭޝަނުގައި ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މި މުއްދަތު އިތުރު ކުރުމަށް ވެސް އިދާރާތަކުން ވަނީ ނިންމައިފައެވެ.

މާލޭގެ 6، ނެއިބަރހުޑަކަށް ބަހާލައިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ކޮންމެ ނެއިބަރހުޑެއްގައި، މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭ ގެ ޖޮއިންޓް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މާލޭގައި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިންމުމުން ވިލިމާލޭގައި ހުރި ތަންތަން އިންސްޕެކްޓު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 12 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން