logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 07:45
ޖަޕާނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖަޕާނުން ދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ފަރާތުން ރާއްޖެ އަށް ދިނީ މާސްޓާސް ޑިގްރީގެ ހަ ސްކޮލަޝިޕް ކަމަށާއި ސްކޮލަޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސްކޮލަޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ދޭނީ ވެސް ޖޭޑީއެސް އިން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެ ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. އަދި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އުމުރުން 22-39 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި ސްކޮލަޝިޕް ސްކީމް ރާއްޖޭގައި ތައާރަފުކުރީ 2020 ގައެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ހަ ސްކޮލަޝިޕް ޖަޕާނުގެ ތިން ޔުނިވަސިޓީއަކުންދޭ ގޮތަށް ހަމަޖެހިފައިވެއެވެ. އެއީ ކޮންމެ ޔުނިވަސިޓީއަކުން ދެ ފުރުސަތު ދޭ ގޮތަށެވެ.

އެ ޔުނިވަސިޓީތަކަކީ އިންޓަނޭޝަނަލް ޔުނިވަސިޓީ އޮފް ޖަޕާނާއި ރިތުސުމީކަން ޔުނވަސިޓީގެ އިތުރުން ރިތުސުމީކަން އޭޝިއާ ޕެސިފިކް ޔުނިވަސިޓީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިޚަބަރު | 23 ދުވަސް ކުރިންޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 2 މަސް ކުރިންޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިން