logo
Bank of Maldives

Bank of Maldives

ޚަބަރު

ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

އައިޝަތު ނަޝާ
3 ޖޫން 2026 - 06:10
ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގަމީ ސިއްހަތާއި އާއިލީ އަދި އިޖްތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީގެ އަރިހަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަޕާން އެމްބަސީއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެވަނީ އެ ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުންގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ރާއްޖޭގައި އިޖްތިމާއީ ދާއިރާ އާއި ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އަދި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރި ކަމަށް އެމްބަސީއިން ބުނެފައިވެއެވެ.

ޖަޕާނަކީ ރާއްޖޭގެ އެކި ދާއިރާތައް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނުން ވަރަށް ބޮޑަށް އެހީވެއެވެ. އަދި އެ ދާއިރާ މީހުން ތަމްރީން ކުރުމުގައި ވެސް ޖަޕާނުން ގެންދަނީ އެހީ ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިޚަބަރު | 9 ދުވަސް ކުރިންޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިންދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދު ރާއްޖެ ގެންނަން އެއްބަސްވުމެއްޚަބަރު | 3 މަސް ކުރިން