logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ކަޕުގެ ގުރުނަގަން ދާން އިރާންގެ ޓީމަށް އެމެރިކާއިން ވިސާ ނުދިން

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 07:52
ވޯލްޑް ކަޕުގެ ގުރުނަގަން ދާން އިރާންގެ ޓީމަށް އެމެރިކާއިން ވިސާ ނުދިން

އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެމެރިކާއަށް ދިޔަ އީރާނުގެ ޑެލިގޭޝަނަށް ވިސާ ނުދިން މައްސަލަ ފެންމަތިވެއްޖެއެވެ.

އިރާންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެމެރިކާގައި ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތަށް ދިއުމަށް ނުވަ މީހަކަށް ވިސާ އަށް އެދުނު ނަމަވެސް އެކަން ނުވިއެވެ. މިހެންވެ މިކަން މިހާރު ފީފާއަށް ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާއަށް ދިއުމަށް ވިސާއަށް ހުށަހަޅާފައިވާ މީހުންގެ ތެރޭގައި އީރާން އެފްއޭގެ ރައީސް، މެހްދީ ތާޖް އަދި ގައުމީ ޓީމުގެ ކޯޗު އާމިރު ހިމެނެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް މީހުން އެތެރެވުން ހަރުކަށި ކޮށްފައިވާ 12 ގައުމުގެ ތެރޭގައި އީރާން ހިމެނެ އެވެ.  އީރާން ހިމެނެނީ ފުލް ބޭން ނުވަތަ އެއްވެސް ހާލަތެއްގައި އެމެރިކާއަށް އެތެރެނުވެވޭނެ ތިން ގައުމުގެ ތެރޭގައެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ނޯތު ކޮރެއާ އާއި ސީރިއާއެވެ.
މިދިޔަ މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެއްވެސް ގައުމަކަށް އެމެރިކާ އަށް ދިއުމަށް ދަތިތަކެއް ހުރިނަމަ އެކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް ދެ ވަނަ ފަހަރަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ގެންދަވަނީ ކުޅިވަރުގެ ބޮޑެތި އިވެންޓްތަކުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ގޮތުން އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް އޭނާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަ އެވެ. ނަމަވެސް އެމެރިކާގެ "ސަލާމަތަށް"ޓަކައި ކަމަށް ބުނެ ބައެއް ގައުމުތަކާ މެދު އޭނާގެ ސަރުކާރުން ދަނީ ވަރަށް ހަރުކަށި އުސޫލުތައް އާއްމު ކުރައްވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ބްރިޖުތަކާއި ކަރަންޓު މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިދުނިޔެ | 4 ދުވަސް ކުރިންސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިޚަބަރު | 6 ދުވަސް ކުރިންޖޫން 27 އިން ފެށިގެން އެމެރިކާއިން ދިން ހަމަލާތަކުގައި މަރުވި އީރާނު މީހުންގެ އަދަދު 50 އަށްދުނިޔެ | 7 ދުވަސް ކުރިންއުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ސިފައިން މަރުވެއްޖެދުނިޔެ | 8 ދުވަސް ކުރިން