logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2026 - 03:09
އީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ބާއްވާ މަޝްވަރާތައް އަންނަ ހޯމަ ދުވަހު (އޯގަސްޓް 3 ގައި) ކުރިއަށްދާނެ ކަމަށް އިޢުލާން ކުރައްވައިފިއެވެ.

ނަމަވެސް، މި މަޝްވަރާތަކުން އެއްބަސްވުމަކަށް އައުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައެވެ. މި ނިންމެވުން އައިސްފައިވަނީ ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް ހައްލެއް ހޯދުމަށްކަމަށްބުނެ، ކުރިން ދޭން އުޅުނު ހަމަލާއެއް މަޑުޖައްސާލުމަށްފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެފައިވަނީ، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެއްބަސްވުމެއް ގާއިމުކުރުމަށް ވަގުތު ބޭނުންވާ ކަމަށް އެދިފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ހޯމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމާއި އީރާނުގެ ނިއުކްލިއަރ ނުރައްކާ ނައްތާލުމެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާނުން "އަވަސް ފުރުސަތެއްގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެ" ކަމަށް ވިދާޅުވެފައެވެ.

ނިއު ޖާޒީގައި ހަފްތާ ބަންދު ހޭދަކުރެއްވުމަށްފަހު ވޮޝިންޓަނަށް އެނބުރި ވަޑައިގެން، އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރުފަހު މަޝްވަރާތައް ފެށޭނެ ކަމަށެވެ. އެހެންނަމަވެސް، މި މަޝްވަރާތައް ބާއްވާ ތަނެއް ނުވަތަ ބައިވެރިވާ ފަރާތްތަކުގެ ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

އީރާނުން އެއްބަސްވުމަކަށް އައުމަށް ވަކި ސުންގަޑިއެއް އޮތްތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ.

"އަޅުގަނޑު ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. އަޅުގަނޑު މީހުން މަރާކަށް ބޭނުމެއް ނޫން. ސަބަބަކީ މީހުން މަރުވުމަކީ، ވަރަށް ގިނަ މީހުން މަރުވުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވެފަވެެއެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަރުގަދަކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދެވި ނަމަވެސް، މަޝްވަރާތަކަށް އިތުރު ވަގުތު ދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީދުނިޔެ | 2 ގަޑިއިރު ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 10 ގަޑިއިރު ކުރިންއީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެދުނިޔެ | 4 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 5 ދުވަސް ކުރިން