logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފި

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2025 - 15:32
މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މި އިންތިހާބުގައި މީޑިއާތަކުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވީ މިއަދު ހަވީރު 16:00އަށެވެ. އިލެކްޝަން ކޮމިޝަނުން މިހާރު މިވަނީ ރަޖިސްޓްރީވުމުގެ ވަގުތު ހޯމަ ދުވަހުގެ ރޭ 12:00އާއި ހަމައަށް އިތުރުކޮށްފައެވެ.

ވަގުތު އިތުރުކޮށްފައިވަނީ މީޑިއާތަކަށް އެކަށީގެންވާ ވަގުތު ދިނުމަށްކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފަވަނީ މިމަހުގެ 11ވާ ހޮނިހިރު ދުވަހުއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުންގެ އެކުލެވޭއިރު ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންނެވެ.

ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ނަގާ ވޯޓު، ނެގުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

 އެ އިންތިޚާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފިޚަބަރު | 2 މަސް ކުރިންއިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް ޚަބަރު | 6 މަސް ކުރިންއެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ޚަބަރު | 10 މަސް ކުރިންސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުޚަބަރު | 10 މަސް ކުރިން