logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގަދަވެފައި އުޅުނު ބާސާ ސައިޒަށް ތިރިކޮށް ތާވަލުގެ އެއްވަނައިން ބޭރުކޮށްފި

އަބްދުﷲ ޣާނިމް
5 އޮކްޓޯބަރު 2025 - 17:53
ގަދަވެފައި އުޅުނު ބާސާ ސައިޒަށް ތިރިކޮށް ތާވަލުގެ އެއްވަނައިން ބޭރުކޮށްފި

ލަލީގާގެ ޑިފެންޑިންގ ޗެންޕިއަން ބާސެލޯނާ ހިތިގޮތަކަށް މިރޭ ބަލިވެއްޖެއެވެ. ލަލީގާގެ ރައުންޑް 8 ގައި މިޜޭ ކުޅުނު މެޗުގައި ސެވިއްޔާއިން ވަނީ ބާސެލޯނާ އަތުން 4-1 ގެ ތަފާތު ބޮޑު ތަފާތަކުން ބަލިވެފައެވެ. މިއީ 1951 ވަނަ އަހަރުން ފެށިގެން ސެވިއްޔާއިން ބާސެލޯނާއާ ދެކޮޅަށް ހޯދި އެންމެ ބޮޑު މޮޅެވެ.

މެޗުގެ ސެވިއްޔާގެ ފުރަތަމަ ލަނޑު ޖެހީ ކުރީގެ ބާސެލޯނާ ކުޅުންތެރިޔާ އެލެކްސިސް ސަންޗެޒެވެ. އެއީ އަރައޫހޯގެ ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ެސެވިއްޔާގެ ދެވަނަ ލަނޑު ޖެހީ ރޮމެރޯއެވެ. އެއަށްފަހު ބާސެލޯނާގެ ފަރާތުން މާކަސް ރޭޝްފޯޑް ވަނީ ޕެޑްރީގެ ކްރޮސްއަކުން ލަނޑެއް ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޮވްސްކީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އޭނާ އެ ޕެނަލްޓީ ވަނީ މިސްކޮށްލާފައެެވެ. މި ޕެނަލްޓީ ލިބުނީ ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް ކުޅުންތެރިޔާ އަދްނާން ޖަނުޒާޖް، އަލެހާންޑްރޯ ބާލްޑޭއަށް ކުރި ފައުލަކާއިގުޅިގެންނެވެ.

މެޗުގެ 90 މިނެޓުގެ ފަހުން ޖޯސޭ އޭންޖަލް ކަރްމޯނާ އަދި އަކޯ އަޑަމްސް ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މިއާއެކު މެޗު ނިމުނީ ސެވިއްޔާ 4-1 އިން މޮޅުވެގެންނެވެ. މިބައްޔާއެކު ބާސެލޯނާ ވަނީ ޖެހިޖެހިގެން ދެމެޗުން ބަލިވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބާސެލޯނާ ވަނީ ޕީއެސްޖީގެ ބެންޗް ޓީމާއި ދެކޮޅަށް ކުލެ ބަލިވެފައެެވެ.

މި ނަތީޖާއާ ގުޅިގެން ބާސެލޯނާ ވަނީ ތާވަލުގެ އެއްވަނައިން ދެވަނަ އަށް ވެއްޓި، ރިއަލް މެޑްރިޑްއާ ދެމެދު 2 ޕޮއިންޓުގެ ފަރަގު އަރާފައެވެ. އަދި ސެވިއްޔާ މިވަގުތު އޮތީ 5 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 5 ދުވަސް ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 6 ދުވަސް ކުރިންޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | 9 ދުވަސް ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 10 ދުވަސް ކުރިން