މިއަހަރުގެ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޑިސެމްބަރު މަހު ފަށަނީ
8 އޮކްޓޯބަރު 2025 - 04:30

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން، އެ އެސޯސިއޭޝަން ގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައި ކަމަށާއި،ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ކޮންމެ ޓީމެއްގައިވެސް ރަޖިސްޓްރީ ކުރާ ކުޅުންތެރިންގެ ތެރޭގައި އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭނަމަ،ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ އެންމެފަހުން އެކުލަވާލާފައިވާ އަންހެން ޤައުމީ ޓީމުގެ ސްކޮޑްގެ ހަތަރު ކުޅުންތެރިން ކަމަަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މި މުބާރާތުގައި ބައިވެރިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 12 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެ އެސޯސިއޭޝަނުން ވަނި އެދިފައެވެ.
އެފްއޭއެމް އިން އިންތިޒާމް ކޮށްގެން ބާއްވަމުންދާ މި މުބާރާތް އެންމެ ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ.