logo
Bank of Maldives

Bank of Maldives

ކުޅިވަރު

''ފޯރީގައި ދަނޑަށް'' ކެމްޕެއިނަށް ބޮޑު ތަރުހީބެއް

ޢައްފާން މުޙައްމަދު
12 އޮކްޓޯބަރު 2025 - 06:30
''ފޯރީގައި ދަނޑަށް'' ކެމްޕެއިނަށް ބޮޑު ތަރުހީބެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "ފޯރީގައި ދަނޑަށް" ކެމްޕެއިނުގައި ގިނަ ބަޔަކު ބައިވެރިވެ ބޮޑު ތަރުހީބެއް ދީފިއެވެ.

މި ހަރަކާތް ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު، އާޓިފިޝަލް ބީޗުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތަކީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން ދިވެހި ގައުމީ ޓީމަށް ހިތްވަރުދިނުމާއި، ޤައުމީ ޓީމު ކުޅޭ މެޗަށް ވީހާވެސް ގިނަބަޔަކު ކުޅިބަލަން ދަނޑަށް ދިޔުމަށް ހިތްވަރުދިނުމާއި، ޓީމުގެ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ހޯދައިދިނުމަށް ބޭއްވި ހަރަކާތެކެވެ.

މި މެޗުގެ ޓިކެޓް ވިއްކުމާއި ގައުމީ ޓީމުގެ ޖާޒީ އަގުހެޔޮކޮށް ވިއްކުން ކުރިޔަށްދިޔަ މި އިވެންޓްގައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ބައެއް އިސްވެރިން ބައިވެރިފައެވެ.

އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ އޮޓޯ ގްރާފް ނެގުމާއި ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން މި ފަހުން ލިބިފައިވާ ތަށިތަކާއެކު ފޮޓޯ ނެގުންވެސް ކުރިޔަށް ދިޔައެވެ.

ކުޑަކުދިންގެ މެދުގައި މަގްބޫލު ރޯބޯމޭންގެ ހަރަކާތްތަކާއި ބިދަބިންގ ގްރޫޕްގެ ބޮޑުބެރާއި ނެށުމުގެ އިތުރުންވެސް ކުޑަކުދިން ގަޔާވާ ހަރަކާތްތައް މި އިވެންޓުގައި ކުރިޔަށް ގެންދިޔައެވެ.

ގައުމީ ޓީމުން އެދެނީ ރާއްޖޭގައި ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަދެ ރަތްކުލައިން ގައުމީ ފުޓްބޯޅަ ދަނޑު ފުރާލަދިނުމަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރި ފުރަތަމަ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ތަޖިކިސްތާނުގައި، އެ ގައުމުގެ އެތައް ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ތަޖިކިސްތާނުން ވަނީ އެ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމުގައިވާ ސަޕޯޓަރުންގެ މަދަދު ވަރަށް ރަނގަޅަށް ހޯދާފައެވެ.

އެހެންކަމުން ދިވެހިން ވެސް، ދިވެހި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު، ގަލޮޅު ދަނޑު ފުރާލައި، ގައުމީ ޓީމަށް ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | މަހެއް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 2 މަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 2 މަސް ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިން