ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ފަށައިފި
8 އޮކްޓޯބަރު 2025 - 15:26

ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުލުން ފަށައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ކަނޑައެޅުމަށް ނޮވެންބަރު 16، 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތުގައި، ފުލެޓު ލިބުމަށް ޝަރުތު ހަމަވެ، ނަމަވެސް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުނެގުން ފެށިއިރު މި ގުރުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ޙާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނިގެންދާނެއެވެ.

Ad by Hajj Corporation
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ 3 ކޮޓަރީގެ ފްލެޓްތަކަށް ޝަރުތުހަމަވެ، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ 338 ފަރާތެއްގެ ގުރުއަތު މިއަދު ނަގާފައިވާއިރު، 2 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ 58 ފަރާތުގެ ގުރުއަތުވެސް ވަނީ ނަގާފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތުލުން މިއަދު ވަނީ ފަށާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ.
އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.