logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅިފަޅުން 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

އާމިނަތު ޝަފާ
20 ނޮވެމްބަރު 2025 - 05:10
ގުޅިފަޅުން 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން މިހާތަނަށް 2،319 އަށްވުރެ ގިނަ ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް އެވުޒާރާއިން ބުނެއެވެ. އަދި އޭގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.

ގުޅިފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެހެންކަމުން މިހާތަނަށް ދޫކުރަންޖެހޭ ގޯތީގެ ތެރެއިން 119 ގޯތި ފިޔަވައި ހުރިހާ ގޯއްޗެއް ދޫކޮށް ރަޖިސްޓްރީ ހަވާލުކުރެވި ނިމިފައިވެއެވެ.

ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ގެނެސްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.

 

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅިފަޅުން 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފިޚަބަރު | 21 ދުވަސް ކުރިންސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: މުއްޠަލިބުޚަބަރު | 2 މަސް ކުރިންފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ފަށައިފި ޚަބަރު | 2 މަސް ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 3 މަސް ކުރިން