logo
Bank of Maldives

Bank of Maldives

ޚަބަރު

ރެންޓް ޓު އޯން މޮޑެލް: ކުރިމަތިލެވޭނީ 60،000 ރުފިޔާ އަށް ވުރެ ދަށް އާންމުދަނީ ލިބޭ މީހުންނަށް

އާމިނަތު ޝަފާ
29 ޑިސެމްބަރު 2025 - 13:13
ރެންޓް ޓު އޯން މޮޑެލް: ކުރިމަތިލެވޭނީ 60،000 ރުފިޔާ އަށް ވުރެ ދަށް އާންމުދަނީ ލިބޭ މީހުންނަށް

ރެންޓް ޓު އޯން މޮޑެލްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭނީ މަހަކު ލިބޭ އާމްދަނީ 60،000 ރުފިޔާއަށް ވުރެ މަދުން ލިބޭ މީހުންނަށްކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ގެޒެޓްކުރި އިއުލާނުގައިވާގޮތުން ބޯހިޔާވަހިކަމެއް ގަތުމުގެ ތަަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހުޅުވާލާ މި ކެޓަގަރީއަށް ކުރިމަތިލެވޭނީ މަހަކު ލިބޭ އާމްދަނީ 60،000 ރުފިޔާއަށް ވުރެ މަދުން ލިބޭ މީހުންނަށެވެ. އެ އަށް ވުރެ އާމްދަނީ މަތި ނަމަ ފްލެޓް ލިބޭނީ ސަބްސިޑައިޒް އަގެއްގައި ބޭންކަކުން ނުވަތަ ފައިނޭންސިން އިދާރާއަކުން މާލީ އެހީތެރިކަން ހޯދައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ، ބޯހިޔާވަހިކަމެއް ގަތުމުގެ ތަަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހުޅުވާލާ ކެޓަގަރީ ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މޮޑެލް އެވެ.

ހައުސިން މިނިސްޓްރީން އާންމު ކުރި އެ އުސޫލުގައިވާ ގޮތުން ފްލެޓްގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިންމުމުން ބޯހިޔާވަހިކަން ލިބުނު މީހާ އަށް އެ ތަން މިލްކު ކުރެވޭނީ އާމްދަނީ ވަކި މިންގަނޑަކަށް ވުރެ ދަށް މީހުންނަށެވެ.

އެ އަށް ވުރެ އާމްދަނީ މަތި ނަމަ ފްލެޓް ލިބޭނީ ސަބްސިޑައިޒް އަގެއްގައި ބޭންކަކުން ނުވަތަ ފައިނޭންސިން އިދާރާއަކުން މާލީ އެހީތެރިކަން ހޯދައިގެންނެވެ.

މި މޮޑެލް އަށް މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެއެވެ.

ފްލެޓްތައް ދިނުމުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބަލާ، އެކަނިވެރިމައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކާއި އަލަށް ކައިވެނި ކުރާ ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ޝަރުއީ ދާއިރާގެ އާއިލާތަކާއި މާލޭގައި އުޅޭ ޓެކްސީ ޑްރައިވަރުންގެ އާއިލާތަކާއި ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކުގެ އާއިލާތަކާއި މަސްވެރިންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކާއި ވެށިފަހިމާލެއާއި ހިޔާ މަޝްރޫއު އިން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ލިބ،ި އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް އިސްކަންދޭނެކަމަށް ވަޏި ބަޔާންކޮށްފައެވެ.

ފްލެޓަށް އެދި ކުރިމަތިލާ މީހާގެ މިލްކުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި އޮވެގެން ނުވާނެކަމަށާއި އަދި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 އަކަފޫޓަށް ވުރެ ބޮޑުވެގެން ވެސް ނުވާނެކަމަށް އުސޫލުގައިވެއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން، މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކީ، އެކަން ކުރެއްވޭނެ ހިސާބަށް ވާސިލުވެވި، އެކަން ކުރައްވަން ފެއްޓެވިފައިވުން ކަމުގައި ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެންޓް ޓު އޯން މޮޑެލް: ކުރިމަތިލެވޭނީ 60،000 ރުފިޔާ އަށް ވުރެ ދަށް އާންމުދަނީ ލިބޭ މީހުންނަށްޚަބަރު | 4 ގަޑިއިރު ކުރިންގުޅިފަޅުން 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފިޚަބަރު | މަހެއް ކުރިންސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: މުއްޠަލިބުޚަބަރު | 3 މަސް ކުރިންފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ފަށައިފި ޚަބަރު | 3 މަސް ކުރިން