logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖެނުއަރީ 2026 - 05:07
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެވެ.

ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ. މި މަޝްރޫއުގެ ދަށުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްވެހިންނަށް 1,500 ފްލެޓް، އަދި ބާކީ ބައި ސިފައިންނާއި ފުލުހުންނާއި އެކަނިވެރި މައިންބަފައިންނާއި މަސްވެރިން ފަދަ ހާއްސަ ދާއިރާތަކަށް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް (އުފަންވީއްސުރެ މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ދަފްތަރު މީހުން ހިމެނޭހެން) 10,000 ގޯތި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްވެހިންނަށް 3,000 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ބޯހިޔާވަހިކަމުން މަހްރޫމްވެފައިވާ ފަރާތްތަކާއި ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.

ޕޯޓަލް: boahiyaavahikan.housing.gov.mv

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުން: އިއުލާނު: - https://www.gazette.gov.mv/iulaan/377108

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުން:އިއުލާނު: - https://www.gazette.gov.mv/iulaan/377111

މި މަޝްރޫއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ. ފްލެޓަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނު ކަމަށް ބަލާނެ ހާއްސަ ހާލަތްތަކުގެ ތެރޭގައި ތައުލީމާއި ސިއްހީ ފަރުވާއަށް ނުވަތަ ވަޒީފާގެ ގޮތުން ރަށުން ބޭރުގައި އުޅެންޖެހުން ހިމެނެއެވެ.

އުސޫލަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، މާލޭ ރަށްވެހިކަން ބަލާ މުއްދަތު 5 އަހަރުން 1 އަހަރަށް ކުރުކުރުމާއި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރާއްޖޭގެ އެހެން ރަށެއްގައި ބޯހިޔާވަހިކަމެއް އޮތަސް މާލެ ސަރަހައްދުގައި ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހެދުން ހިމެނެއެވެ. އަދި ކުރީގެ ސްކީމްތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް އެތަން ދޫކޮށްލުމަށްފަހު ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 6 ދުވަސް ކުރިންވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިންއެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | 15 ދުވަސް ކުރިން