logo
Bank of Maldives

Bank of Maldives

ޚަބަރު

ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު: ރައީސް

މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2026 - 14:09
ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު: ރައީސް

ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްތެއްގައި އެމަނިކުފާނު ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވަނީ މިއަދުއެވެ. ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަކަށް ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.

މިމަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ހަމަ އެއާއެކު އިންކަނޑާ ވަކިކުރެވޭ ވަރަކުން ގޯތި ޙަވާލުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ގުރުއަތުލުން ބާއްވާފައެވެ. އެސަރަޙައްދުން 7 ސައިޒެއްގެ ބިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޖުމްލަ 698 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެފަިވެއެވެ.

އެކި ސަބަބުތަކާއެކު މިމަޝްރޫޢުގެ މަސައްކަތް މަޑުޖެހެމުން ދިޔުމުގެ ސަބަބުން ސަރުކާރުންވަނީ، މަސައްކަތް އަވަސް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފެށީ، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލްއިން ވަނީ، 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ، ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | ދުވަހެއް ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 3 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 3 ދުވަސް ކުރިން