logo
Bank of Maldives

Bank of Maldives

ޚަބަރު

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

އިސްމާޢިލް ރާތިޢު
31 ޖެނުއަރީ 2026 - 06:42
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން، ޒުވާނުންގެ މަރުކަޒުގައި ފަށައިފިއެވެ.

ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ ހާޒިރީންގެ ކުރިމަތީގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. އެ ވުޒާރާއިން ބުނިގޮތުގައި، ގުރުއަތުލާ ހޯލަށް ވަދެވޭނީ ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ކަމަށެވެ. އަދި ގޯތީގެ ވެރިފަރާތަށް ހާޒިރުނުވެވޭނަމަ، ބަދަލުގައި މީހަކު ފޮނުވޭނީ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައި ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ފަރާތަކަށްވެސް ލިބޭ ޕްލޮޓްގެ މަޢުލޫމާތު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޓީވީގެ އިތުރުން، ވުޒާރާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވަގުތުން ދުރަށް ދައްކަމުންދެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ، ގުރުއަތުލުން ނިމުމުން ގޯތި ހަވާލުކުރުމާއި، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީގެ މަސައްކަތް ކުރިއަށްދާނެ ގޮތް ފަހުގެ ތާރީޚެއްގައި އިޢުލާނުކުރާނެ ކަމަށެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ބޭއްވުމަށް ކަނޑައެޅުމުން އަލަށް އެކުލަވާލި ޕްލޭންގައި ޖުމްލަ 4072 ގޯތި ހިމަނާފައިވެއެވެ. މީގެ ތެރޭގައި ކުރިން މަދުވި 610 ގޯތިވެސް މިހާރު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރުކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނދެގެން އުޅޭ މީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންގުޅީފަޅުން 2600 އަށްވުރެ ގިނަ ގޯތި ދޫކޮށްފިޚަބަރު | 14 ދުވަސް ކުރިންގިނަ ބައެއްގެ ޝަކުވާއަކަށް ހައްލެއް: ބައިވެރިޔާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ދެން ގޯއްޗަށް ކުރިމަތިލެވޭނެ!ޚަބަރު | 17 ދުވަސް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން