logo
MPL

MPL

ޚަބަރު

އިނދެގެން އުޅޭ މީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި

ޒިދާން މުޙައްމަދު
8 މާރިޗު 2026 - 10:17
އިނދެގެން އުޅޭ މީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިކަމާގުޅޭ އުޞޫލު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވަނީ މަރިޗު 4 ވަނަ ދުވަހުއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ޙައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމެކެވެ. މިކަމަކީ ގިނަ ރައްޔިތުންވެސް އެދެމުންދާ ކަމެކެވެ.

"ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.

ފޯމު ހުށައެޅެނީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށެވެ. މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއެވެ.

ކުރިން އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް މިފުރުޞަތުގައި ކުރިމަތިލެވޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

"ގޯތި ގެދޮރު" ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ހަމައެކަނި ގޯތި ކުރިމަތިލުމުގެ ފުރުޞަތަށެވެ. މިކަމާ ގުޅޭ އުސޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލާއި ޕޮއިންޓްދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލްތައްވެސް ވަނީ ގެޒެޓުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިން އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންމި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް: ނާޖާއިޒު ނުފޫޒުތަކުން ބޯހިޔާވަހިކަން ހޯދުމަށް އޮތް މަގު ނިމުމަކަށް ރިޕޯޓް | 4 މަސް ކުރިން