logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން 2600 އަށްވުރެ ގިނަ ގޯތި ދޫކޮށްފި

މުޙައްމަދު އަފްރާޙް
7 މާރިޗު 2026 - 19:00
ގުޅީފަޅުގެ މަޝްރޫއު
ގުޅީފަޅުގެ މަޝްރޫއު

ގުޅީފަޅުން 2600 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2690 ފަރާތަކަށް ގޯތި ދޫކޮށްފައިވާކަމަށެވެ. އަދި ބާކީ ތިބި ފަރާތްތަކާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވަނީ ވިދާޅުވެފައެެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މިމަސައްކަތް ލަސްވަމުންދަނީ ދަތުރުކޮށްފައި ގުޅީފަޅަށް ދާންޖެހޭތީ އާ ގުޅީފަޅު ތެރޭގައިވެސް ދަތުރުކުރުމަށް ދަތިތަކެއް ހުރުމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެ ފޭސް 3 ހިއްކާ މިހާރު ނިންމާފައިވާއިރު، އެތަނުން ގޯތި ލިބުނު މީހުންނަށްވެސް ރަޖިސްޓްރީ ހެދޭ ހިސާބަށް މިހާރު މަސައްކަތްތައް ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސާވޭކޮށް ނިމޭވަރަކުން ގޯތި ހަވާލުކުރަމުންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެމަސައްކަތް ނިމުމާއެކު އައު ޕްލޭނާ އެއްގޮތަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން ގޯތިދުކުރަން ހަމަޖެހިފައިވާއިރު ކުރީ ސަރުކާރުގައި ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަށް މިސަރުކާރުން ބަދަލު ގެނައެވެ. އަދި ގިރާވަރުފަޅުން ކުރިން ދޭން ނިންމާފައިވާ ބައެއް ގޯތިތައް ގުޅިފަޅުން ދިނުމަށް ހަމަޖެއްސިއެވެ. އެއާއެކު ކުރިން ދީފައިވާ ރަޖިސްޓްރީތައް ބާތިލުކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 7 ގަޑިއިރު ކުރިންތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 7 ދުވަސް ކުރިންބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެޚަބަރު | 25 ދުވަސް ކުރިންމަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިން