ގުޅީފަޅުން ބިން ލިބުންކަމުގެ ލިޔުން އޮންލައިންކޮށް ހަވާލަކު ކުރަން ފަށައިފި
15 ޖުލައި 2026 - 05:44

ބިންވެރިޔާ ސްކީމް އަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ބިން ހަވާލު ކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަމުން އަންނަ ކަމަށް ގެދޮރުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް، ޑިޖިޓަލްކޮށް ލިބޭނެ ކަމަށެވެ. މި ލިޔުން ހޯދާލުމަށް އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލް އަށް ވަނުމުން ލިބޭނެ ކަމަށާއި ގޯތި އޮތް ސަރަހައްދު ވެސް މި ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ހައުސިންގް މިނިސްޓްރީން ބުނީ މިލިޔުން ޑައުންލޯޑް ކުރެއްވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް ކަމަށެވެ. މިނިސްޓްރީން ބުނީ އެމީހަކަށް ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން އެ ފަރަރާތަކަށް ލިބޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މީގެ ކުރިން ގޯތު ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ ގުޅީފަޅަށް ގޮސްގެން ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ގުޅުންހުރި އެކި ކަހަލަ މައުލޫމާތުތައް ބަލާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

-01.jpg&w=3840&q=75)
