logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފި

އިސްމާޢިލް ރާތިޢު
23 ޖެނުއަރީ 2026 - 04:16
ގުޅީފަޅުން ގޯތި ލިބުނު އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.

މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ވުޒާރާއިން ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ 41 ފަރާތަކަށް ބިން ހަވާލުކުރެވިފައިވާކަމަށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒަރާގެ އަމާޒަކީ ގޯތި ލިބުނު ފަރާތްތަކަށް ވީހާވެސް އަވަހަށް ބިން ދޫކޮށް ނިންމާލުމެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ގުޅީފަޅުގައި ސޯޝަލް ހައުސިންގއަށްވެސް ބޮޑު ސަރަޙައްދެއްވަނީ ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާނެ ބިންތައްވެސްވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށްވެސް އެކި ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްތަކައި އާންމު އިޖުތިމާޢީ އެކި ސަރަޙައްދުތަކާއި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމަށްޓަކައި، އެސަރަޙައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނދެގެން އުޅޭ މީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންގުޅީފަޅުން 2600 އަށްވުރެ ގިނަ ގޯތި ދޫކޮށްފިޚަބަރު | 2 ދުވަސް ކުރިންގިނަ ބައެއްގެ ޝަކުވާއަކަށް ހައްލެއް: ބައިވެރިޔާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ދެން ގޯއްޗަށް ކުރިމަތިލެވޭނެ!ޚަބަރު | 6 ދުވަސް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން