logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފި

އައިޝަތު ނަޝާ
9 އޮކްޓޯބަރު 2025 - 05:44
ރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓިނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި ދޭން ފަށައިފިއެވެ.

ރެޓިނާ ލޭޒަރ ޓްރީޓްމަންޓަކީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭން ޖެހޭ މުހިންމު ޓްރީޓްމަންޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް ވަނީ، އައިޖީއެމްއެޗްގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ.

ސީއީއޯގެ ޕޯސްޓުގައި ވަނީ، އަ.އި.ޖީ.އެމް.އެޗްގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓިނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެއްކަމަށްށާއި، މިއީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެއް ކަމަށް ވިދާޅުވެފައެވެ.

އަދި މިޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށް ވެސް ސީއީއޯ ގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު އިތުރު ކާމިޔާބީއެއްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިއެރުން ގެނައުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ވެސް ފާޙަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗްގައި، ބަރުދަން ލުއިކުރާ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފިޚަބަރު | 15 ދުވަސް ކުރިންއާދަޔާޚިލާފަށް ބަރު މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް ކުރާ އޮޕަރޭޝަން އައިޖީއެމްއެޗާއި ދަރުމަވަންތައިގައި  ފަށައިފިޚަބަރު | 16 ދުވަސް ކުރިންހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެމީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީޚަބަރު | 19 ދުވަސް ކުރިން އާބަން ހެލްތުކެއާ ސެންޓަރުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | މަހެއް ކުރިން