logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓުމަށް އެދިވަޑައިގެންފި

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 10:43
ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓުމަށް އެދިވަޑައިގެންފި

ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމީ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ދިވެހިޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އިޢުލާނުކުރި ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025 ގައި، ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ޖުމުލަ ހަ ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި، މިހިނގާ އޮކްޓޫބަރު މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމްރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ކުރިއަށް ދާނީ އޮކްޓޫބަރު 10 އިން 17 އަށެވެ.

ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު އަދި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓުމަށް އެދިވަޑައިގެންފި ޚަބަރު | 2 މަސް ކުރިންސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 6 މަސް ކުރިންމާލީ ދައިރާގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިންއަށްޚަބަރު | 6 މަސް ކުރިންރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހަވާއީއަށްޚަބަރު | 7 މަސް ކުރިން