logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 10:29
ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ޕާކިސްތާނާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިޤް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކި ދާއިރާތަކުން ޕާކިސްތާނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި މަތީ ތަޢުލީމު ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ދެ ޤައުމުގެ ލީޑަރުން ވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އާކުރައްވާފައެވެ.

ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓުމަށް އެދިވަޑައިގެންފި ޚަބަރު | 2 މަސް ކުރިންސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 6 މަސް ކުރިންމާލީ ދައިރާގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިންއަށްޚަބަރު | 6 މަސް ކުރިން