logo
Bank of Maldives

Bank of Maldives

ޚަބަރު

ފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 10:46
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައީލް -- މެންދުރު ފޮޓޯ/ މުޙައްމަދު މާވީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައީލް -- މެންދުރު ފޮޓޯ/ މުޙައްމަދު މާވީ

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެންޓި ކޮރަޕްޝަން ކޮމިޝަން- އޭސީސީއަށް ހާޒިރުވުމަށް އަމުރުކޮށްފިއެވެ.

ފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި، ފައްޔާޟް އިސްމާޢީލް ބައިވެރިވެފައިވަނީ އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޟް އިސްމާޢީލްއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް އެ ކުންފުންޏަށް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އެނޫން ގޮތަކަށް ފައްޔާޟް އިސްމާޢީލް ޢަމަލުކޮށްފައިވާކަމަށްބުނެ އެ ޢަމަލުގެ ސަބަބުން ދައުލަތަށް ގެއްލުން ދިންކަމުގެ ތުހުމަތުވެސް ފައްޔާޒުގެ މައްޗަށް ކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމައްސަލައިގައި އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް އޭސީސީއަށް ހާޒިރުވުމަށް ވަނީ އަމުރު ކޮށްފައެވެ.

ފައްޔާޒު އޭސީސީއަށް ހާޒިރުކުރަން އަމުރުކުރިއިރު ފައްޔާޒު ވެސް އެ ސަރުކާރެއްގައި ހިމެނިވަޑައިގެން އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް މިފަހުން އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ވަނީ ފަޅާއަރާފައެވެ.

އަދި އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަބޯޓު، މަހާޖައްރާފު މަރާމާތު ކުރުމުގެ މުއާމަލާތުގައިވެސް އެ ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާކަން ވަނީ ފަޅާއަރާފައެވެ.

މީގެ އިތުރުން  ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަނާ ގާތްކުރާ އަދަދެއްގެ ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒްޚަބަރު | 5 ގަޑިއިރު ކުރިންނަޝީދާއި ފައްޔާޒު ބޭނުންފުޅުވީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރަން!ޚަބަރު | 12 ދުވަސް ކުރިންރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީޚަބަރު | 4 މަސް ކުރިންސަމާހުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފިޚަބަރު | 4 މަސް ކުރިން