logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ޙައްޤެއް: ރައީސް

އާމިނަތު ޝަފާ
10 އޮކްޓޯބަރު 2025 - 05:16
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ޙައްޤެއް: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި އިސްކަންދެއްވައިގެން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރު ގުޅެނީ، އިންސާނީ ކާރިސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތަށްވެސް ކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުވެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްހީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައިއާއި އިންސާނީ ކާރިސާތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީތެރިކަން މުހިންމު ދައުރެއް އަދާ ކުރެވޭނެހެން ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވެ ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި އާއިލާތަކުގެ އަދި ގައުމުގެވެސް ބިންގާކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ނަފްސާނީ ސިއްހަތުގެ މުހިންމުކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނަސް އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އެޅުމަށްޓަކައި ޑަބްލިޔު އެޗް އޯ އިން ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުން އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރުން ވަނީ ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް މިދިޔަ އަހަރު ފެބްރުއަރީ މަހު 21 ވަނަ ދުވަހު ހިދުމަތް ފަށްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 9 ގަޑިއިރު ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | ދުވަހެއް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 2 ދުވަސް ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 3 ދުވަސް ކުރިން