logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމްގެ ފަންޑަށް ޚިޔާނާތްތެރިވި މައްސަލަ އޭސީސީ އިން ބަލަން ފަށައިފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
30 ސެޕްޓެމްބަރު 2024 - 05:06
ޕީއެސްއެމް--ފޮޓޯ/އެޑިޝަން
ޕީއެސްއެމް--ފޮޓޯ/އެޑިޝަން

ޕަބްލިކް ސާވިސް މީޑިއާގެ ތިޖޫރި، އާމްދަނީ އަދި ޑޮލަރު މާރުކުރުމުގެ މުއާމަލާތްތަކުން ނުވަ މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ ޖުލައި މަހު ޑޮލަރު މާރުުކުރުމުގެ މުއާމަލާތްތައް ތަހުގީގު ކޮށްދިނުމަށް ދައުލަތުގެ މީޑިއާއިން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އިބްތިދާއީ ތަހުގީގެއް ނިމިފައިވާކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދަނީ އޭރު އެކަމާއި ގުޅުންހުރި މައްސަލަތައް ފެންމަތިވުމުން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ތިޖޫރީގެ ތެރެއިން 190،000 ރުފިޔާ އަދި 4.9 މިލިއަން ރުފިޔާ ޕީއެސްއެމްއިން ވަނީ ގެއްލިފަ އެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ ޕީއެސްއެމްގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު އަހުމަދު ހަނީފާއި އޭނާގެ ދަރިފުޅުގެ އެކައުންޓަށް ކަމަށް ރިޕޯޓުގައި ވެއެވެ.

މިދިޔަ އޭޕްރީލް މަހު ހަނީފް މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑް ކުރިއިރު، އޭނާ މަގާމުން ވަކިކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން 373،988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް ޕީއެސްއެމްއަށް ލިބޭނެ ކަމަށް ލަފާކުރި ޑޮލަރުގެ 80 އިންސައްތަ ލިބިފައިނުވާއިރު، ލިބިފައިވަނީ އެންމެ 76،731 ޑޮލަރުކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބާކީ ހުރި 297،257 ޑޮލަރު އެ ކުންފުންޏަށް ލިބިފައިވާކަން އަންގައިދޭ އެއްވެސް ރެކޯޑެއް ނެތެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ ޑޮލަރު ގަތުމަށް އޮންލައިންކޮށް ކުރި މުއާމަލާތެއްގައި 75،491 ޑޮލަރު ގަންނަން ބޭނުންވާ 1.3 މިލިއަން ރުފިޔާގެ ތެރެއިން ހަނީފްގެ ދަރިއެއްގެ އެކައުންޓަށް 1.2 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

އޮންލައިން ޓްރާންސްފާ މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްތައް ކުރުމުގެ ހުއްދަ ދީގެން ހަތަރު ލައްކަ ފަސް ހާހަށް ވުރެ ގިނަ ރުފިޔާގެ ޕޭމަންޓް ވައުޗަރުތަކުގައި ސޮއިކުރީ ހަމައެކަނި ހަނީފް ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އަދި އެއްވެސް މީހެއްގެ ސޮއި ނެތި ކޮށްފައިވާ 30،000 ރުފިޔާގެ މުއާމަލާތެއް ވެސް ފެނިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ދުވަސް ކުރިންސަމާލުވޭ! ހުއްދަނެތި ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ބޭނުންކޮށްގެން ޖުވާ އިސްތިހާރު ކުރަނީޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީޚަބަރު | 4 މަސް ކުރިންޕީއެސްއެމާއި ވެލިގާ ހާޑްވެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން