ޕީއެސްއެމާއި ވެލިގާ ހާޑްވެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މޭ 2025 - 17:26
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ވެލިގާ ހާޑްވެއަރ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ޕީއެސްއެމްގައެވެ.
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހީވާގި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ރަޝީދެވެ. އަދި ވެލިގާ ހާޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާޢު ޢަބްދުﷲއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެލިގާ ހާޑްވެއަރގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާޢު ޢަބްދުﷲ ވިދާޅުވީ މި އެއްބަސއްބަސްވުމުގެ ސަބަބުން ދެފަރާތަށްވެސް ގިނަ ފައިދާތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ވެލިގާ ހާޑްވެއަރ އާއި ޕީއެސްއެމްއާއެކީގައި ސޮއިކުރެވިގެން މިދިޔައީ ވެލިގާ ހާޑްވެއަރއިން ވިއްކާ އައިޓަމްތަކުން ޕީއެސްއެމުން ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން. މި އެގްރީމެންޓުގެ ދަށުން މިއަހަރަށް އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ޕީއެސްއެމަށް ކޮށްދޭގޮތަށް މިއެގްރީމެންޓް ބޮޑަށް ހެދިގެންދިޔައީ. ދެން ހަމަ މި ދެފަރާތަށްވެސް ވަރަށް ފައިދާވެގެންދާނެ އެގްރީމެންޓެއްކަމަށް އުއްމީދުކުރަނީ،" އިއުފާޢު ޢަބްދުﷲ ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޤާއިމްކުރެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމުން ބޭނުންވާ އެކި ކަންކަމަށް ވެލިގާ ހާޑްވެއަރއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އައު ސަރުކާރާއެކު ޕީއެސްއެމުން ވަނީ ރައްޔިތުންގެ ޝައުގާއި ލޯބިއިތުރުކޮށް، ސްޕޮންސަރުންގެ އިތުބާރު ބޮޑުތަނުން ބޮޑުކޮށްފައެވެ.
އިތުރު ލިޔުންތައް

ޕީއެސްއެމްގެ ޚިޔާނަތުގެ މައްސަލަ އޭސީސީއަށް
9 މަސް ކުރިން
ޕީއެސްއެމްގެ ފަންޑަށް ޚިޔާނާތްތެރިވި މައްސަލަ އޭސީސީ އިން ބަލަން ފަށައިފި
9 މަސް ކުރިން
އެމްއެމްސީގެ ރައީސް މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި
8 މަސް ކުރިން