logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 07:49
ޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބައިނަލްއަޤްވާމީ ޤުރްއާން މުބާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށާއި، މި މުބާރާތަށް ރަޖިސްޓަރީވުމަށް މިއަހަރުތެރޭ ހުޅުވާލެވޭނެކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި މުބާރާތަކީ ރޭޑިއޯ އަދި ޓީވީ ޕްރޮޑަކްޝަން ގުޅިގެން ހާއްސަ އިސްކަމެއް ދެވިގެން ވަރަށް ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ. މި މުބާރާތުގައި 973 ކުދިން ބައިވެރިވެފައިވާއިރު، މާލޭގައި ބޭއްވުނު ނަމަވެސް އަތޮޅުތަކުން ގިނަ އަދަދަކަށް ކުދިން ބައިވެރިވިކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކަށް ޕީއެސްއެމް ދަނީ ތައްޔާރުވަމުން. އެއީ މެދުކެނޑިފައި އޮތް އަލް ނޫރުލް މުބީން، މި ޤުރްއާން މުބާރާތް ފެށުމުގެ މަސައްކަތް. އިސްލާމިކް މިނިސްޓްރީއާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާއެކު އަޅުގަނޑުމެންނަށް އެ މުބާރާތަށް ތައްޔާރުވެވި، އެ މުބާރާތަށް ރަޖިސްޓަރީވުމަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހުޅުވާލެވިގެންދާނެ،" ޔާމީން ވިދާޅުވިއެވެ.

ޕީއެސްއެމްއިން ޤުރުއާނާ ގުޅޭ ކޮންޓެންޓް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޔާމީން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދު މަގުން ޤުރްއާން ރީތިކޮށް ކިޔެވުމަށް ދަސްކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.

މި އަހަރުގެ ކުޑަކުދިންގެ ޤުރުއާން މުބާރާތުގައި މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ، ހދ. ކުޅުދުއްފުށީ ޝަބްނަމީގެ، އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން އެވެ. މުބާރާތުގެ ދެވަނައަށް ދިޔައީ ގ.އަލިއާބާދު، މިޝްޔާ ބިންތު ހަސަން ސަލާހު އެވެ. ތިންވަނަ ޖާގައަށް ދިޔައީ ވ.ޅަސަނދު، މުޙައްމަދު މަޢާން ބިން މުންތަޒިމްއެވެ.

މި މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ޕީއެސްއެމުން ކުރިއަށްގެންދާ މުބާރާތަކެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމްޚަބަރު | 4 ދުވަސް ކުރިންމޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 4 ޕާޓްނަރުންނާއެކު އެމްޕީއެލް ސޮއި ކޮށްފިޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ނިމުނު 52 ހަފްތާގެ މުހިންމު ޚަބަރުތައް ހިމެނޭ ފޮތެއް ނެރެފިޚަބަރު | 3 މަސް ކުރިންޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީއްބެ ޚަބަރު | 3 މަސް ކުރިން