logo
Bank of Maldives

Bank of Maldives

ޚަބަރު

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ އެއްވަނަ ޝަހާމާ ހޯދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2026 - 10:14
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ޝަހާމާ އަށް ވަޒީރު ހީނާ ޓްރޮފީ ހަވާލުކޮށްދެއްވަނީ، ފޮޓޯ: ޕީއެސްއެމް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ޝަހާމާ އަށް ވަޒީރު ހީނާ ޓްރޮފީ ހަވާލުކޮށްދެއްވަނީ، ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ފަޚުރުވެރި އެއްވަނަ ހއ. އިހަވަންދޫ، ބުލްބުލާގެ، މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ.

ރޭ ބޭއްވި މި މުބާރާތުގެ ފިނާލޭ ގާލާގައި އެއްވަނައަށް ހޮވުނު ޝަހާމާއަށް އިނާމުތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ ފޯރ ދިވެހި ލެންގުއޭޖް، ހެރިޓޭޖް އެންޑް އާޓްސް ހީނާ ވަލީދެވެ. އެއްވަނައަށް ދިޔަ ޝަހާމާއަށް އިނާމެއްގެ ގޮތުގައި 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، ފަރީ ޙައްޖު އުމްރާ ގްރޫޕުން ދޭ ޢުމްރާ ދަތުރެއްގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގެ ދެވަނަ ހާސިލްކުރީ ރ. ފައިނު، އައްސޭރި، ނަފްޙާ ނަސީމެވެ. އޭނާއަށް ލިބުނު 25,000 ރުފިޔާ އާއި ޢުމްރާ ދަތުރު ހަވާލުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަކީބެވެ. މުބާރާތުގެ ތިންވަނަ ށ. މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީ ހާސިލްކުރިއިރު، ހަތަރުވަނަ ލިބުނީ ގއ. ވިލިނގިލި، ފިނިފެންޖަންބުގެ، ޙައްވާ ޝީން އަޙްމަދަށެވެ. އަދި ފަސްވަނަ ހާސިލްކުރީ އއ. މަތިވެރި، އަތިރީގެ، ޙުސައިން ރަޝީދެވެ. މި ބައިވެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ތަޖުރިބާކާރު ޚިދުމަތްތެރިން ކަމަށްވާ މޫމިނާ އިބްރާހީމާއި ހަފްސާ އަލީގެ އިތުރުން ފަހިޕޭގެ މެނޭޖިންގ ޑިރެކްޓަރ އަލީ އާރިފެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ހުށަހަޅައިދިނުމުގެ ދާއިރާއިން ކުރިން ލިބެންހުރި ތަމްރީނުތަކާ އަޅާބަލާއިރު މިހާރު މިފަދަ މުބާރާތްތަކުން ލިބޭ ތަމްރީނުތައް މާ ފުރިހަމަ ކަމަށެވެ. އަދި ލިބުނު ތަމްރީނުގެ ބޭނުން ހިފައި، ވަރުގަދަ އަޒުމަކާއެކު ކުރިއަށް ދިއުމަށް ބައިވެރިންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދާއިރާއަށް ނުކުތް އިރު މިކަހަލަ ތަމްރީންތަކެއް ނުލިބޭ. އޭރު ލިބުނީ ވަރަށް ކުޑަ ލެވެލްއެއްގެ ތަމްރީނެއް. ތިބޭފުޅުންނަށް ތަމްރީން ލިބުނީ އެންމެ ހުނަރުވެރި ބޭފުޅުންގެ ފަރާތުން،" ވަޒީރު ވިދާޅުވިއެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ފަހު ހުށަހެޅުންތައް ޖޫން މަހުގެ 27 ގައި ދިވެހިރާއްޖޭގެ އަޑުން އަދި ޖޫން 28 ގައި ޓީވީއެމްއިން ވަނީ ބްރޯޑްކާސްޓްކޮށްފައެވެ. ވަނަތައް ހޮވުމުގައި ޕީއެސްއެމް އެއަރ މެދުވެރިކޮށް އާންމުން ދިން ވޯޓުވެސް ވަނީ ހިމަނާފައެވެ.

ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް އާ ހުނަރުވެރިން ނެރުމަށް ކުރިއަށްގެންދާ މި ރިއަލިޓީ ޝޯއަކީ ރާއްޖޭގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ ތަރިއަކީ ޝަހާމާޚަބަރު | 2 ގަޑިއިރު ކުރިންޕީއެސްއެމުން ވޯލްޑް ކަޕް މެޗުތައް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފިޚަބަރު | 3 މަސް ކުރިންމަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމްޚަބަރު | 4 މަސް ކުރިންމޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 4 ޕާޓްނަރުންނާއެކު އެމްޕީއެލް ސޮއި ކޮށްފިޚަބަރު | 6 މަސް ކުރިން