logo
MPL

MPL

ޚަބަރު

ޕީއެސްއެމުން ވޯލްޑް ކަޕް މެޗުތައް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޭޕްރީލު 2026 - 02:56
ޕީއެސްއެމްގެ ޑީއެމްޑީ ޔާމީން
ޕީއެސްއެމްގެ ޑީއެމްޑީ ޔާމީން

މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ދިވެހި ރައްޔިތުންނަށް މުޅިން ހިލޭ ބަލާލެވޭނެ އިންތިޒާމު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދެ މުއައްސަސާގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ - ކޮމާޝަލް އެންޑް ކޯޕަރޭޓް، މުޙައްމަދު ސައީދު އެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމާން އެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު އާއި ޑީއެމްޑީ އަބްދުﷲ ޔާމީން ރަޝީދުގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިންތިޒާމުގެ ދަށުން މީޑިއާނެޓުގެ ނެޓުވޯކް މެދުވެރިކޮށް ޓީވީއެމް އަދި ޔެސް ޓީވީން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ފެންނާނެއެވެ.

މީޑިއާނެޓުގެ ކޭބަލް ޓީވީގެ އިތުރުން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މެޗުތައް ބަލާލެވޭނެ ކަމަށް ޕީއެސްއެމް އިން މަޢުލޫމާތުދެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މީޑިއާނެޓު ޕެކޭޖަށް ފައިސާ ނުދެއްކިޔަސް ވޯލްޑް ކަޕް ދައްކާ ޗެނަލްތައް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވުމެވެ.

މެޗުތަކުގެ އިތުރުން، ފުޓްބޯޅަ ފޯރި އިތުރުކުރުމުގެ ގޮތުން ޕްރީ-ޝޯތަކާއި، ކުޅިވަރު އެނަލިސްޓުންނާއެކު ގެނެސްދޭ ޚާއްސަ ޕްރޮގްރާމްތައް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ރޭވިފައެވެ. މިއީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ސަރުކާރުން އިސްކަންދީގެން ރައްޔިތުންނަށް ހިލޭ ވޯލްޑް ކަޕް ފޯރުކޮށްދިނުމުގެ ސަގާފަތަކީ 1986 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ކަމެކެވެ. މި އަހަރުގެ އިންތިޒާމަކީވެސް އެ ސިޔާސަތުގެ ދަށުން، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | 19 ދުވަސް ކުރިންވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭޚަބަރު | މަހެއް ކުރިންބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ ތަރިއަކީ ޝަހާމާޚަބަރު | 3 މަސް ކުރިންޕީއެސްއެމުން ވޯލްޑް ކަޕް މެޗުތައް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފިޚަބަރު | 6 މަސް ކުރިން