logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އެންޓަނާ ފީލްޑްގެ މަސައްކަތްކުރީ ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް، މައްސަލާގައި ވަކާލާތުކުރި ގޮތް މިދަނީ ބަލަމުން: ޕީއެސްއެމް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 18:27
އެންޓަނާ ފީލްޑްގެ މަސައްކަތްކުރީ ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް،  ވަކާލާތުކުރި ގޮތް މިދަނީ ބަލަމުން: ޕީއެސްއެމް

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ އެންޓަނާ ފީލްޑާއި ގުޅިގެން އެ މަސައްކަތް ކުރި ކުންފުންޏާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޕީއެސްއެމްގެ ވަކީލުން ވަކާލާތުކުރި ގޮތާއި ގުޅިގެން އެތެރޭގެ ތަޙްޤީޤެއް ފަށާފައިވާކަމަށް ޕީއެސްއެމުން ބުދަ ދުވަހު ބުނެފިއެވެ.

ޕީއެސްއެމުން 2017ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު ކުރުވި މި މަސައްކަތް ކުރި ކުންފުނި ނޭނގޭކަމަށް (ވުޖޫދުގައި ނެތްކަމަށް) އެ ކުންފުނީ (ޕީއެސްއެމް)ގެ ވަކީލު ކޯޓުގައި ބުނިކަމަށް ބުނެ ސިވިލް ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެެވެ. ނަމަވެސް ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން އެ މަސައްކަތް ހަވާލުކޮށް ކޮށްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ތާންތުރީ ޓްރެއިލާސް އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ އެންޓެނާ ފީލްޑުގެ މަސައްކަތް ހަވާލުކުރި ސްރީލަންކާގެ ތާންތުރީ ޓްރެއިލާސް އަކީ އެ ގައުމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި މި މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށް ވެސް ބުނެފަވެއެވެ.

 

View post on Twitter

 

ޕީއެސްއެމުން ބުނީ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރާއްޖޭގެ ޚާއްސަ އިކޮނޮމިކް ޒޯން (އީއީޒެޑް)އަށް ރޭޑިއޯ ފްރީކުއެންސީ ފޮނުވުމަށް ހަދަމުން އައި އެންޓެނާ ފީލްޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް ތާންތުރީ ޓްރެއިލާސްއިން މަސައްކަތް ފުރިހަމަކޮށްފައިނުވާތީ އެ މަސައްކަތް ފުރިހަމަކުރުމަށް އަންގައި އަމުރުކޮށްދިނުމަށާއި، ނޫން ނަމަ އެ މަސައްކަތް ފުރިހަމަކުރުމަށް ހިނގާނެ ޚަރަދު ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ހޯދުމަށް ކަމަށެވެ.

''މި މައްސަލައިގައި މި ކުންފުނިން ވަކާލާތުކުރި ގޮތް މި އަންނަނީ ބަލަމުންނެވެ. އަދި ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާ ވާހަކަވެސް ދަންނަވަމެވެ.'' ޕީއެސްއެމްގެ ބަޔާނުގައި ބުނެފަވެއެވެ.

މީގެ އިތުރުން އެކުންފުނީގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޕީއެސްއެމްއިން ދަނީ ޝަރީޢަތުގެ އަޑުއެހުންތަކުގައި މައްސަލަ ކޯޓަށް ހުށަހެޅުނު ގޮތާ ގުޅޭގޮތުން އިދާރީ ތަޙުޤީޤެއް ކުރިއަށް ގެންދަމުން ކަމަށެވެ. މީގެ އިތުރުން، ސިވިލް ކޯޓުގެ އަމުރާ ގުޅިގެން އިތުރު ޤާނޫނީ ފިޔަވަޅުތަކެއްވެސް އަޅަމުން އަންނަކަމަށް ބުނެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެސްއެމުން ވޯލްޑް ކަޕް މެޗުތައް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފިޚަބަރު | މަހެއް ކުރިންމަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމްޚަބަރު | 3 މަސް ކުރިންމޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 4 ޕާޓްނަރުންނާއެކު އެމްޕީއެލް ސޮއި ކޮށްފިޚަބަރު | 4 މަސް ކުރިންޕީއެސްއެމުން ނިމުނު 52 ހަފްތާގެ މުހިންމު ޚަބަރުތައް ހިމެނޭ ފޮތެއް ނެރެފިޚަބަރު | 5 މަސް ކުރިން