logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

މަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމް

ޒިދާން މުޙައްމަދު
16 މާރިޗު 2026 - 14:21
މަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމް

ޕަބްލިކް ސަރވިސް މީޑިއާ - ޕީއެސްއެމްއިން މަސައްކަތް ކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައި ވަނީ ޕަބްލިކް ސަރވިސް މީޑިއާގެ މިނިވަންކަމާ ގުޅުވާ ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާތީ އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށް ދިކޮޅު އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައެވެ.

ޕީއެސްއެމްއިން ވަނީ އިދިކޮޅު އެމްޑީޕީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ފޮނުވާފައެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މިވަގުތު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާއްޖޭގައި ނޫޅުއްވާ ކަމަށާއި، އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެމްޑީ ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރެއްވުމަށް އަލުން އެދުމަށް ވަނީ އެމްޑީޕީގެ ކިބައިން އެދިފައެވެ.

ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ބުނެފައިވަނީ، އެ ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކަކަށްވާތީ މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްކަންދެމުންދަނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާ ކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލް ކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުޞަތު ދީފާނުވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

މީގެ އިތުރުން ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެ ސިޓީގައި ވަނީ، އެމްޑީޕީއިން ވެރިކަން ކުރެއްވި އިރުވެސް ޕީއެސްއެމް އޮތީ އެގޮތުގައި ކަމަށާއި، ކުންފުނީގެ މިނިވަންކަމާ ގުޅުވާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަޤީޤަތާއި ޚިލާފަށް ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެސްއެމުން ވޯލްޑް ކަޕް މެޗުތައް މުޅިން ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފިޚަބަރު | މަހެއް ކުރިންމަސައްކަތް މިކުރަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު: ޕީއެސްއެމްޚަބަރު | 3 މަސް ކުރިންމޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 4 ޕާޓްނަރުންނާއެކު އެމްޕީއެލް ސޮއި ކޮށްފިޚަބަރު | 4 މަސް ކުރިންޕީއެސްއެމުން ނިމުނު 52 ހަފްތާގެ މުހިންމު ޚަބަރުތައް ހިމެނޭ ފޮތެއް ނެރެފިޚަބަރު | 5 މަސް ކުރިން