logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޫލް ކުދިން ކޭމްޕު ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި

ޢައްފާން މުޙައްމަދު
11 އޮކްޓޯބަރު 2025 - 06:34
ސްކޫލް ކުދިން ކޭމްޕު ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި

ސްކޫލްތަކުގައި ހިންގާ އެކިއެކި ޔުނިފޯމް އެޅި ހަރަކާތްތަކުގެ ކުދިންނާއި ޖުމްލަ ގޮތެއްގައި ސްކޫލްތަކުގެ ދަރިވަރުން ކޭމްޕު ދާނެ ސަރަހައްދެއް، މާލެ ކައިރީގައި ހުޅުވައިފިއެވެ.

މާލެ ކައިރީގައި މިފަދަ ސަރަހައްދެއް ހުޅުވާފައި މިވަނީ ގާތްގަނޑަކަށް 15 އަހަރު ފަހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.. ކްރޮސް ރޯޑްސްގައި ހުޅުވާފައިވާ ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓު ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.

މި ސަރަހައްދުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ، މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕިން ގްރައުންޑެއް ނެތި 15 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، ދަރިވަރުންނަށް އެކި ހުނަރުތަކާއި ގާބިލުކަން ލިބިފައިވާކަން ކަށަވަރުކުރުމަށް، ކެޑޭޓާއި ސްކައުޓާއި ގާލްގައިޑަކީ މުހިންމު ހަރަކާތްތައް ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިއަދު ހުޅުވީ އެ ހަރަކާތްތަކަށް ވަރަށް އެކަށީގެންވާ ބިމެއް ކަމަށެވެ. އެގޮތުން، ކޭމްޕު ކުރާނެ އަމާން ސަރަހައްދެއް ކުދިންނަށް ލިބިފައި އޮތުމަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބޭނެ ހިތްހަމަޖެހުމެއްކަން ވަޒީރު ފާޙަގަކުރެއްވިއެވެ.


މި ސަރަހައްދު، ދަރިވަރުން ތިމާވެއްޓާ ގުޅޭ ގޮތުން ދިރާސާތައް ހެދުމަށާއި ފިޝަރީސް ސައިންސް ދަތުރުތަކަށް ވެސް ބޭނުންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޭމްޕު ކުރާ ސަރަހައްދު ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ އެ ސަރަހައްދު ބައްލަވާލައްވައިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ގާލްގައިޑާއި ކެޑޭޓުގެ އިތުރަށް ސްކައުޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ އެދުމުގެ މަތިން މަންދޫއަށް ވަޑައިގެން ރައީސް އެ ރަށުގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންމި ސަރުކާރުން ޝަރުޢީ ދާއިރާއަށް ހަގީގީ މިނިވަންކަން ހޯދައިދިނީ އަދުލުވެރިވާނެކަމުގެ އުއްމީދުގައި: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންޕާޓީއަކުން އަމިއްލައަށް ވަކިވި މިއީ ފުރަތަމަ ފަހަރު، އެނބުރި މިއައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޙްލޫފްޚަބަރު | 12 ގަޑިއިރު ކުރިންމިއަދުގެ ނިޔަލަށް ބަޔޯމެޓްރިކް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލާނަން: ރައީސްޚަބަރު | 16 ގަޑިއިރު ކުރިން