logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮ ދަތުރުތަކެއް

އައިމިނަތު މޫސާ
11 އޮކްޓޯބަރު 2025 - 10:43
އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮ ދަތުރުތަކެއް

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށް ހާއްސަ ފެއާއެއް ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން އެ ފެއާގެ ދަތުރުތައް ހާއްސަކުރަނީ މާލޭން ކޮޗިން އަދި ޓްރިވެންޑްރަމްގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ހަނިމާދޫން ޓްރިވެންޑްރަމަށް ދެވޭގޮތަށް ހަމަޖައްސާފައިވާ ފެއާގެ އަގަކީ 337 ޑޮލަރެވެ. އެއީ ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކު ކުރާ ދަތުރުތަކެކެވެ. 

މާލޭން ކޮޗިންއަށް ކުރާ ދަތުރުތަކުގެ އަގު 176 ޑޮލަރަށް ފެށޭއިރު ޓްރިވެންޑްރަމް ދަތުރުތަކުގެ ޓިކެޓް އަގު ފެށެނީ 232 ޑޮލަށަށެވެ. މި ދަތުރުތައް ކޮންމެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެ ދަތުރުތައް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. 

މޯލްޑިވިއަނުން ބުނީ ދަތުރުތައް ފެއާ ރޭޓުގައި ކުރެވޭ ގޮތަށް ހަމަޖެއްސީ، އެ މަންޒިލްތަކަށް ކުރާ ދަތުރުތައް ވަރުގަދަކުރުމުގެ ބޭނުމުގައި ކަމަށެވެ. 

މޯލްޑިވިއަނުން އެ މަންޒިލްތަކަށް ދަތުރުކުރާނީ އެއާބަސް އޭ320 ގަ އެވެ. އެ ބޯޓުގައި 152 މީހުންގެ ޖާގަ ހިމެނޭއިރު ކަސްޓަމަރުންނަށް މި ދަތުރުތަކުގައި ބެގޭޖް އެލަވަންސްގެ ގޮތުގައި 20 ކިލޯ ލިބޭއިރު ޕްރިމިއަމް އިކޮނޮމީއާއެކު 30 ކިލޯގެ ބެގޭޖް އެލަވަންސް އަދި ލައުންޖް އެކްސެސް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.

އަލަށް ހުޅުވާލި ފެއާ ރޭޓުގައި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ. 

މޯލްޑިވިއަނުން އަންނަނީ ގައުމީ އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރަމުންނެވެ. މިވަގުތު އެ ކުންފުނީގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮ ދަތުރުތަކެއްޚަބަރު | 21 ދުވަސް ކުރިންއަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއްވިޔަފާރި | މަހެއް ކުރިންބޮޑު ޗުއްޓީގައި މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށްޚަބަރު | 2 މަސް ކުރިންޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެޚަބަރު | 2 މަސް ކުރިން