logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭ: ރައީސް

ޢައްފާން މުޙައްމަދު
12 އޮކްޓޯބަރު 2025 - 07:40
ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭ: ރައީސް

ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކީރީތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނާ ފަރާތްތަކަށް މަރުޚަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. ޤުރުއާން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ވަނީ ދެއްވާފައެވެ.

އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއަން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއްކަމަށް ވިދާޅުވިއެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި އޮތް ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތްކުރަން ޖެހޭ. މިސާލަކަށް ދަންނަވަންޏާ ދެނަމާދު ދޭތެރޭގައި، ކުރީގަ ވިއްޔާ ގޭގޭގައި، މިސްކިތްތަކުގައި، މައިންބަފައިންނާ ކުދިންނާ ގުރުޢާން ކިޔެވުމުގައި ޝާމިލުވެއުޅޭ. މިހާރު ބިޒީ ވެގެންނާ އެކި ކަންކަމުގެ ތެރެއިން އެ އާދަ ނެތިގެން ގޮއްސި ގާތްގަނޑަކަށް. ނެތޭ ވެސް ދެންނެވިދާނެ. އެހެންނަމަވެސް އެއީ ރަނގަޅު ގޮތެއްކަމަކަށް ނުދެކެން އަޅުގަނޑު - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ޤައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެކަމަށެވެ. އިންސާނާގެ ސިކުނޑިއާ ހިތާ ޢަމަލުން އަންނަ މި ތަރައްޤީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްޤީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަށާއި ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ޙަޤީޤީ ބަދަލު ގެނެވޭނީ، އަމިއްލަ ޚިޔާލާ ވިސްނުމާއި ފިކުރާއި ޢަމަލުތއް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލަށް ދޭ ގްރާންޓް ނިސްބަތުން ބޮޑުވާނެ: ރައީސް ޚަބަރު | 4 ގަޑިއިރު ކުރިންރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު، ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން30 މަސްދުވަހުގެ ތެރޭ އެއާޕޯޓް ނިމޭނެ ކަމުގެ ޔަގީންކަމާއެކު ބިލެތްފައްސަށް އުފާވެރި ޚަބަރުތަކެއްޚަބަރު | 5 ގަޑިއިރު ކުރިން