logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންގެ ތެރޭގައި ކުރިން ހުރި ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތް ކުރުމަކީ ޤައުމަށް ޙަޤީޤީ ކުރިއެރުން ލިބޭނެ މަގު: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2025 - 11:13
ރީތި އާދަތައް އަނބުރާ ގެންނައުމަކީ  ޙަޤީޤީ ކުރިއެރުން ލިބޭނެ މަގު: ރައީސް

ދިވެހިންގެ ތެރޭގައި ކުރިން ހުރި ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތް ކުރުމަކީ ޤައުމަށް ޙަޤީޤީ ކުރިއެރުން ލިބޭނެ މަގުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދީނީ އަދި އިޖުތިމާޢީ ރީތި އާދަތައް ދިރުވައި، ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފަރުޟު ފަސްނަމާދު ވަގުތުން ކުރުމާއި، ވަގުތު ވީވަރަކުން ޖަމާޢަތަށް ދިޔުމާއި، ކީރިތި ޤުރްއާނަށް ސަމާލުކަންދީ ރީތިކޮށް ކިޔެވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ކުދިން އެ މަގުން ކުރިއަށްދިޔުމަށް އެކިކަހަލަ ކަންކަން، ސްކޫލް ނިޒާމާއި، އަމިއްލަ ފަރާތްތަކުގެ މުއައްސަސާތައް ހިމެނޭހެން ހުރިހާ ނިޒާމެއްގެ ތެރެއިން ކުރިއަށްދިޔުމަށް މަސައްކަތްކުރުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަރައްޤީއަކީ އިމާރާތްތައް ހެދުމަށްވުރެ ބޮޑަށް، މާނަހުރި، މާނަފުން، ވަށައިޖެހޭ ތަރައްޤީކަމަށެވެ.

"އިމާރާތްތައް ހެދިދާނެ 50 ބުރިއަށްވެސް. އެހެންނަމަވެސް، އެ އިމާރާތެއް ހެދުމުގެ ބޭނުމެއް ނެތް، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ބިންވަޅުނެގި، އެ ބިންވަޅުގެ މައްޗަށް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރާގޮތް ވަރުގަދަ ނުކުރެވެންޏާ،" ރައީސް ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ޔުނީކް ޤައުމެއްކަން ފާހަގަކުރައްވާ، މި ޤައުމުގައި އެންމެ އިސްކަމެއް ދޭންޖެހެނީ، ދުނިޔޭގެ ތަރައްޤީއަށްވުރެ ބޮޑަށް، އަޅުގަނޑުމެން ދާންއޮތް ދުނިޔެއަށް ތައްޔާރުވުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވަށައިޖެހޭ ތަރައްޤީއަކީ ސިކުނޑިތައް ތަރައްޤީވުމާއި، ވިސްނުން ތަރައްޤީވުމާއި، ޢަމަލާއި ބަސް އިސްލާމްދީނުގައި އަންގަވާފައިވާ މަގުން ކުރިއަށްދިޔުމުގައި އިސްކަންދީގެން ކުރިއަށްދިޔުމަށް ވިސްނުންކަމަށެވެ. މިފަދަ ތަރައްޤީ އަންނާނީ، އަމިއްލައަށް އެކަން ކުރަން ބޭނުންވިއްޔާ ކަމަށާއި، ސަރުކާރަކަށް ކުރެވޭނެ ކަމަކީ، މިފަދަ މުބާރާތްތަކާއި، އެހެނިހެން ގޮތްގޮތުން ހިތްވަރުދިނުމާއި، މަގުފަހިކޮށްދިނުންކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ހުރިހާ ފަރާތްތަކުންވެސް ތުއްތުކުދިންނާއި، އަމިއްލައަށްވެސް ވިސްނުމާއި، ޚިޔާލާއި ފިކުރާއި، ޢަމަލުތައް ތަރައްޤީކުރުމަށް ގޮވާލައްވާފައެވެ. އެ ތަރައްޤީ އޮތީ ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލައްވާފައިވާ ކީރިތި ޤުރްއާނުގައި އަދި ރަސޫލާ صَلّى اللهُ عَلَيْهِ وَسَلّمގެ ސުންނަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ތަރައްޤީ މިއޮތީ އަޅުގަނޑުމެންނަށް ދާންވީ މަގު ސާފުސީދާކޮށް ބަޔާންކޮށްދީފައި. އެ މަގުން ދިޔައިމާ ނަޞްރު ލިބޭ. އެ މަގުން ނުގޮސްފިއްޔާ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންނަށް އޮތީ ބަދުނަސީބު،" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލަށް ދޭ ގްރާންޓް ނިސްބަތުން ބޮޑުވާނެ: ރައީސް ޚަބަރު | 4 ގަޑިއިރު ކުރިންރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު، ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން30 މަސްދުވަހުގެ ތެރޭ އެއާޕޯޓް ނިމޭނެ ކަމުގެ ޔަގީންކަމާއެކު ބިލެތްފައްސަށް އުފާވެރި ޚަބަރުތަކެއްޚަބަރު | 4 ގަޑިއިރު ކުރިން