އައްޑޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
30 ސެޕްޓެމްބަރު 2024 - 08:25
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ފެނުގެ ހިދުމަތް ދޭން ފެން އުފައްދާ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ފެނަކަ އިން ވިދާޅުވެއްޖެއެވެ.
އެ މައްސަލަ ހައްލު ކުރުމަށް ފަހު ފެނަކަ އިން ވިދާޅުވީ، މައްސަލަ ހައްލު ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
"ކަސްޓަމަރުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން،". ފެނަކަ އިން ވިދާޅުވެފައި ވެއެވެ.
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެއް އަހަރުގެ އަޕްގްރޭޑިން ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީއާއި ވަނީ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓް ދަށުން އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ފެން ރައްކާކުރާ ކެޕޭސިޓީ އިތުރުވެގެންދާނެއެވެ.