logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި

އާމިނަތު ޝަފާ
14 އޮކްޓޯބަރު 2025 - 07:20
 ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 800,190  ގަސް އިންދިފައިވާކަމަށް، ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުންދައްކައިފިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ތެރެއިން މިއަދާ ހަމައަށް އަށް ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާއިރު،  ގައުމީ މި މަޝްރޫޢުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ކައުންސިލްތަކާއި އަދި ރިސޯޓުތައް ފަދަ ތަފާތު ފަރާތްތަކުން ބައިވެރިވެއެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ ޖުމްލަ 6.4 މިލިއަން ގަސް އިންދުންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓެވި 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު، ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރަމުން، ފުރިހަމައަށް ކުރިއަށްދާކަމަށް ވެސް ވުޒާރާއިން ބުނެއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ފެހިކަމެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އިސްކަންދޭ އެއްކަމެވެ.

ރާއްޖޭގެ ރަށްރަށް ފެހިކޮށް، ގުދުރަތީ ޖައްވު ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދާ މި މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ރަށްތައް ރައްކާތެރިކޮށް، ޖައްވީ ބަދަލުތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވާނެއެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށްހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 2 މަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | 2 މަސް ކުރިންކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު ޚަބަރު | 2 މަސް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިޚަބަރު | 2 މަސް ކުރިން