logo
MPL

MPL

ޚަބަރު

އައްޑޫ ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2026 - 02:13
އައްޑޫގެ ނޭޗަރޕާކެއް މަރާމާތައް ފަށާފައި، ފޮޓޯ: ތިމާވެއްޓާއި މޫސުމާ ބެހޭ ވުޒާރާ
އައްޑޫގެ ނޭޗަރޕާކެއް މަރާމާތައް ފަށާފައި، ފޮޓޯ: ތިމާވެއްޓާއި މޫސުމާ ބެހޭ ވުޒާރާ

އައްޑޫ ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، އެ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސް މަސައްކަތަށް ބޭނުންވާ ސާމާނާއި މުވައްޒަފުންނާއެކު މޮބިލައިޒްވެފައެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، ސައިޓް ޑީމާކޭޝަން ނިންމުމުގެ އިތުރުން، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު ވަނީ އެ ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ.

މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް (GFCR) އަދި އޮސްޓްރޭލިއަން އެއިޑް (AUS AID) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ރާއްޖޭގައި ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (UNDP) ގެ ބެލުމުގެ ދަށުންނެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. މަސައްކަތް ފެށިގެން ބާރުމިނުގައި ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ އެންމެ ފަހުގެ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ލިބޭ 'މޫސުން' އެޕް މެޓުން ތަޢާރަފުކޮށްފިޚަބަރު | ދުވަހެއް ކުރިންއަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | 11 ދުވަސް ކުރިންސޯލާ ހަކަތައިން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ބޮޑު މަޝްރޫޢެއްޚަބަރު | 14 ދުވަސް ކުރިންފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!ރިޕޯޓް | 19 ދުވަސް ކުރިން