logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ އެސެމްބްލީގެ 31 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2026 - 02:24
އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ (އައި.އެސް.އޭ) އެސެމްބްލީގެ 31 ވަނަ ސެޝަންގައި ފަޒީލާ އޭ. ޝަހީމް ރާއްޖެ ތަމްސީލް ކުރަށްވަނީ، ފޮޓޯ: މޫސުމާ ބެހޭ ވުޒާރާ
އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ (އައި.އެސް.އޭ) އެސެމްބްލީގެ 31 ވަނަ ސެޝަންގައި ފަޒީލާ އޭ. ޝަހީމް ރާއްޖެ ތަމްސީލް ކުރަށްވަނީ، ފޮޓޯ: މޫސުމާ ބެހޭ ވުޒާރާ

ޖެމެއިކާގެ ކިންގްސްޓަންގައި ޖުލައި މަހުގެ 27 އިން 31 އަށް ކުރިއަށްދިޔަ އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ (އައި.އެސް.އޭ) އެސެމްބްލީގެ 31 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ލީގަލް ކައުންސެލް އަލްއުސްތާޛާ ފަޒީލާ އޭ. ޝަހީމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އައި.އެސް.އޭ އާއެކު މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް އޮބްޒާވަރުންގެ ދަރަޖަ ދިނުމާ ގުޅޭ ޑްރާފްޓް ގައިޑްލައިންތަކަށެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓަށް މެންބަރު ގައުމުތަކުން ދެއްވާފައިވާ އިޖާބައާއި، މާލީ އަދި ބަޖެޓާ ގުޅޭ ކަންކަމުގެ އިތުރުން "އެންޓަޕްރައިޒް" އާ ގުޅޭ މަޝްވަރާތައް ވެސް މި ބައްދަލުވުމުގައި ކުރިއަށްދިޔައެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކާ ގުޅޭ އުސޫލުތައް ދޭތެރެ ދޭތެރެއިން މުރާޖައާ ކުރުމާ ބެހޭގޮތުން ވެސް މެންބަރު ގައުމުތަކުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، އައި.އެސް.އޭ ގެ މެންބަރުން ނޫން ފަރާތްތަކުން ކަނޑުގެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އައި.ޓީ.އެލް.އޯ.އެސް) ގެ ލަފައަކަށް އެދުމަށް ހުށަހެޅުނު މުހިންމު ހުށަހެޅުމަކާ މެދު މެންބަރުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރިއެރުވުމުގެ މަގްސަދުގައި، ވަނުއާޓޫ އިން ވަނީ އައި.އެސް.އޭ އިން ނިންމާ ނިންމުންތަކަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ގަރާރެއް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި ސައިންޓިފިކް މައުލޫމާތުގެ މަދުކަން ފާހަގަކޮށް، އެކަންކަން ދެނެގަތުމަށްޓަކައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ބާރުއަޅާފައިވެއެވެ.

މި ގަރާރާ ގުޅޭގޮތުން އެސެމްބްލީގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ނަމަވެސް، މި ހުށަހެޅުމާމެދު އިތުރަށް މަޝްވަރާކުރުމަށް އެސެމްބްލީން ވަނީ ފަސްކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަކީ ކަނޑުގެ ވަސީލަތްތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު ހާމަވެގެންދާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ އެސެމްބްލީގެ 31 ވަނަ ސެޝަންގައި ރާއްޖެޚަބަރު | ގަޑިއިރެއް ކުރިންއައްޑޫގެ ނޭޗަރ ޕާކުތައް ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިންތެޔޮ އެތެރެކުރަން ކުރާ ޚަރަދު ވަނީ 116 މިލިޔަން ޑޮލަރަށް އިތުރުވެފަ: ވަޒީރުޚަބަރު | 3 މަސް ކުރިން