logo
Bank of Maldives

Bank of Maldives

World

އެމެރިކާއަށް އެރި ތޫފާނުގައި 90 މީހުން މަރުވެއްޖެ

އަޙްމަދު ޒަލީފް
30 ސެޕްޓެމްބަރު 2024 - 08:33
އެމެރިކާއަށް އެރި ތޫފާނުގައި 90 މީހުން މަރުވެއްޖެ

އެމެރިކާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާނެއް ކަމުގައިވާ ހެލީންއާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި މަރުވި މީހުންގެ ޢަދަދު 90 އަށް އަރައިފިއެވެ.

ތޫފާނާ ގުޅިގެން ފްލޮރިޑާއިން ފެށިގެން ވަރޖިނިޔާއާ ދެމެދުގައިވާ ސްޓޭޓްތަކުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ގެއްލުންވެ, އެތަކެއް މިލިޔަން ބަޔަކަށް ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ. އަދި, މަގުތަކާއި ބުރިޖުތައް ހަލާކު, ބޮޑު ސަރަޙައްދުތަކެއްގައި ފެންބޮޑުވިއެވެ.

ހެލީންއާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އުތުރާއި ދެކުނު ކޮރެލައިނާ, ފްލޮރިޑާ, ޓެނެސީ އަދި ވަރޖިނިޔާ ސްޓޭޓުންނެވެ. ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކާއި ސަރަޙައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު, މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނާނެ ކަމަށް ބެލެވޭ ކަމަށާއި, މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ލަފާ ކުރެއެވެ.

ތޫފާނާ ގުޅިގެން ފެނުގެ ނިޒާމާއި, މުއާޞަލާތީ ނިޒާމުގެ އިތުރުން ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, ގެއްލުންތަކުގެ އަގު 15 ބިލިޔަން އެމެރިކާ ޑޮލަރާއި 100 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދު އަގަކަށް އަރާނެ ކަމަށް އިންޝުއަރެންސް ކުންފުނިތަކުން އަންދާޒާ ކުރެއެވެ. ހެލީންއާ ގުޅިގެން ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ހަކަތައާ ބެހޭ އިދާރާއިން ބުނީ, އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުގައި ދިރިއުޅޭ 2.7 މިލިޔަން ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ބުނީ, ތޫފާނާ ގުޅިގެން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކަށް ރައީސް ޖޯ ބައިޑަން ދަތުރު ކުރައްވައި, ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތު ބައްލަވާނެ ކަމުގައެވެ. "މިއީ ބޮޑު ހިތާމައެއް. ތި ބޭފުޅުންނަށް ވެސް ފޮޓޯތަކުން [ލިބިފައިވާ ގެއްލުމުގެ މަންޒަރުތައް] ފެނުނު. އެއީ, އާދަޔާ ޚިލާފު ގެއްލުމެއް،" ބައިޑަން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ ދުނިޔެ | 7 މަސް ކުރިންއެމެރިކާއަށް އެރި ތޫފާނުގައި 90 މީހުން މަރުވެއްޖެ World | އަހަރެއް ކުރިން