logo
Bank of Maldives

Bank of Maldives

ދުނިޔެ

ވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ

އަޙްމަދު ޒަލީފް
26 އޯގަސްޓު 2025 - 15:48
ވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ

ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަޖިކީ ވިއެޓްނާމްގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ތޫފާން ކަޖިކީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވިއެޓްނާމްގެ އިރުމައްޗާއި މެދުތެރޭގެ ސަރަޙައްދުތަކަށެވެ. ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 13 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމުގައި އެ ޤައުމުގެ މަޞްދަރުތަކުން ހާމަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިއެޓްނާމްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ އެކު އެ ޤައުމުގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް ގަޑިއަކު 130 ކިލޯމީޓަރަށް ވައި ބާރުވި ކަމުގައެވެ. ވިއެޓްނާމްގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު ތޫފާން ކަޖިކީ ދަތުރު ކޮށްފައި ވަނީ އެ ޤައުމާ އިންވެގެން އޮތް ލާއޯގެ ރަށްތަކާ ދިމާލަށެވެ. ނަމަވެސް، މިހާރު ތޫފާނުގެ ބާރު ދަށްވަމުންދާ ކަމުގައި މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ވިއެޓްނާމްގެ ސަރުކާރުން ބުނީ، އެ ތޫފާނާ ގުޅިގެން 28,000 ހެކްޓަރުގެ ދަނޑުބިމުގައި ފެންބޮޑުވެފައިވާ ކަމުގައެވެ. އަދި، 18,000 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމުގައެވެ. މީގެ އިތުރުން، ގިނަ ސަރަޙައްދުތަކަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ކަރަންޓު ހޮޅިދަނޑިތައް ފަދަ ވަސީލަތްތަކަށް ގެއްލުންވެ، ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ ދުނިޔެ | 7 މަސް ކުރިންވިއެޓްނާމްގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ ދުނިޔެ | 7 މަސް ކުރިންއެމެރިކާއަށް އެރި ތޫފާނުގައި 90 މީހުން މަރުވެއްޖެ World | އަހަރެއް ކުރިން