logo
Bank of Maldives

Bank of Maldives

ޚަބަރު

ބައިނަލްއަގްވަމީ ގޮތުން ރާއްޖެއާ ވިއެޓްނާމު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރަނީ

އަޙުމަދު ރިޝާން
24 ސެޕްޓެމްބަރު 2026 - 06:33
ބައިނަލްއަގްވަމީ ގޮތުން ރާއްޖެއާ ވިއެޓްނާމު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރަނީ

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން، ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ޒަރީއާއިން ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. ވިއެޓްނާމްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް ލެ ހައޮއި ޓްރަންގ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ގުޅިގެން، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ޚާއްޞަ އޮނިގަނޑެއް އެކުލަވާލާނެއެވެ. މި އޮނިގަނޑުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ޤަވާއިދުން މަޝްވަރާކޮށް، ހަރުދަނާ މަންސައެއް ޤާއިމްވެގެންދާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފުޅާވެ، ރަސްމީ މުޢާމަލާތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިއެޓްނާމާއެކު ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި، ދެ ޤައުމަށް ފައިދާހުރި ކަންކަން ހޯދުމަށް ގާތުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ ކަމަނާ ދެއްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގްވަމީ ގޮތުން ރާއްޖެއާ ވިއެޓްނާމު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންވަޒީރު ހަލީލް ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެޚަބަރު | 6 މަސް ކުރިންވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ ދުނިޔެ | އަހަރެއް ކުރިންވިއެޓްނާމްގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ ދުނިޔެ | އަހަރެއް ކުރިން