logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު ހަލީލް ވިއެޓްނާމްގެ އައު ޚާރިޖީ ވަޒީރަށް ތަޙުނިޔާ ވިދާޅުވެއްޖެ

އައިޝަތު ނަޝާ
8 އޭޕްރީލު 2026 - 14:35
ވަޒީރު ހަލީލް ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ

ވިއެޓްނާމްގެ އައު ޚާރިޖީ ވަޒީރު ކަމަށް، މރ. ލަ ހޮއައި ޓްރަންގ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު، އެ މަނިކުފާނަށް ތަޙުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ވަޒިރު ޚަލީލު ފޮނުއްވި ސިޓީފުޅުގައި ވަނީ، ދިވެހިރާއްޖެ އާއި ވިއެޓްނާމް އާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަށް އަލިއަޅުވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރުގެ ދައުރުގައި މި ގުޅުން އިތުރަށް ހަރުދަނާ ވާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވެސް އެ ސިޓީފުޅުގައި ވަޒީރު ވިދާޅުވެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދިވެހިރާއްޖެ އާއި ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ މިހާރު 50 އަހަރު ވަނީ ފުރިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު ހަލީލް ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެޚަބަރު | 9 ދުވަސް ކުރިންއަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | 7 މަސް ކުރިންފީއަލީ ހޮސްޕިޓަލުގެ މަސައްކަތް ފެށީ މި ވެރިކަމުގައި، އެމްޑީޕީ ވެރިކަމަކު ނޫން: ވަޒީރު ހަލީލްޚަބަރު | 7 މަސް ކުރިންވިއެޓްނާމަށް ބާރުގަދަ ތޫފާނެއް، 7000 މީހުންގެ ގެދޮރު ގެއްލިއްޖެ ދުނިޔެ | 8 މަސް ކުރިން